ads
ކޫއްޑޫ——
ކޫއްޑޫ އިމާރާތެއްގެ މަތިން ވެއްޓުނު މީހާ މަރުވެއްޖެ
ކޫއްޑޫގެ އިމާރާތެއްގެ މަތިން ވެއްޓިގެން ފަރުވާދެމުންދިޔަ މީހަކު މަރުވެއްޖެ އެވެ.
Advertisement

އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ މަތިން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނީ އިންޑިއާ އަށް ނިސްބަތްވާ ބިދޭސީ މަސައްކަތްތެރިއަކަށެވެ.

އޭނާ އިމާރާތުން ވެއްޓުމާއިއެކު ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗަށް ގެންގޮސް އިތުރު ފަރުވާދެމުންދަނިކޮށް އިއްޔެ 18:00 ހާއިރު އެވެ.

އެ ބިދޭސީމީހާ އިމާރާތުގެ މަތިން ވެއްޓުނީ އެ އިމާރާތުގެ ފުރާޅު ބަދަލުކުރަން އުޅެނިކޮށެވެ. އިމާރާތުގެ މަތިން ވެއްޓި އޭނާގެ ބޮލަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. 

މަރުވިއިރު އޭނާއަށް ފަރުވާދެމުންދިޔައީ ވެންޓިލޭޓަރުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް