ads
ސީރިޔާގައި ހުރި ކޭމްޕެއްގައި އަންހެނަކު ކުޑަކުއްޖަކު އުރާލައިގެން
އައިސިސްއަށް ނިސްބަތްވާ، ހުވަފަތްވެފައިވާ އަންހެނުން ސަލާމަތްކުރަނީ
އައިސިސްގެ ހަނގުރާމަވެރިން ޖަލަށްލުމާއި މަރުވުމުގެ ސަބަބުން ހުވަފަތްވެފައިވާ އެތައް ހާސް އަންހެނުންނާއި ކުޑަކުދިން ސީރިއާގެ ރެފިއުޖީ ކޭމްޕްތަކުން ސަލާމަތް ކުރަން އޮސްޓްރޭލިޔާއިން ތައްޔާރުވެއްޖެއެވެ.
Advertisement

މިއީ އެ ގައުމުގެ ސަލާމަތީ ޖާސޫސީ އިދާރާއިން ހިންގާ ސިއްރު މިޝަނެކެވެ.

ތިން އަހަރާއި ބައިގެ މުއްދަތަކަށް ކޭމްޕްތަކުގައި ބަންދުކޮށްފައި ތިބި އައިސިސްގެ ހަނގުރާމަވެރިންގެ ތެރެއިން މަރުވެފައިވާ ނުވަތަ ޖަލަށްލާފައިވާ މީހުންގެ 16 އަނބިންނާއި، 42 ކުޑަކުދިން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ބުނެއެވެ. 

ހޯމް މިނިސްޓަރުގެ ތަރުޖަމާނު  ކްލެއާ އޯނީލް ވިދާޅުވީ އޮސްޓްރޭލިއާ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް އިސްކަންދޭނެ ކަމަށާއި، އެގައުމުގެ ގައުމީ މަސްލަހަތުތައް ހިމާޔަތް ކުރާނެ ކަމަށެވެ. 

އޭނާ ވިދާޅުވީ އެކަމުގެ މައުލޫމާތު އެހާބޮޑަށް ނުފަތުރަނީ އެކަމުގެ ނާޒުކު ކަމުންކަމަށެވެ. 

ކޭމްޕްތަކުގައި ތިބި މީހުން އޮސްޓްރޭލިއާއަށް އެނބުރި އަންނައިރު، ހަރުކަށި މީހުންގެ ސަބަބުން އެއްވެސް މީހަކަށް އެއްވެސް ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން ދިނުމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ގޮވާލި ގޮވާލުމަށް އޯނީލް ސީދާ ޖަވާބެއް ނުދެއްވައެވެ.

އެގައުމުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު ވިދާޅުވީ އޮސްޓްރޭލިއާގެ ސާޅީހަކަށް ކުޑަކުދީން ސީރިއާގެ ރެފިއުޖީ ކޭމްޕްތަކުގައި އެބަތިބި ކަމަށާއި، އެކުދީން ގެ މަންމަމެން ވަރަށް ޅައުމުރުގައި އައިސިސްގެ ހަނގުރާމަވެރީންނާއި ކައިވެނި ކޮށްފައިވާ ކަމަށެވެ. 

އެގައުމުން އެންމެ ފުރަތަމަ މިގޮތަށް ކުދީން ގެނެސްފައިވަނީ 2009 ވަނައަހަރުއެވެ. އެފަހަރު މަރުވެފައިވާ ދެމީހެގެ 8 ދަރީންނާއި 2 ކާފަދަރީން ގެނެސަފައިވއެވެ. އޭގެ ފަހުން އަދި މިހާތަނަށް މީހުން އެގޮތަށް ގެނެސްފައެއް ނުވެއެވެ. 

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް