މުހައްމަދު އިސްމާއީލާ ދެކޮޅަށް ދައުވާ ކުރުން ކުށްވެރިކޮށް ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަސްމީ ބޯޅަދަނޑުގައި ހަމަނުޖެހުން ހިނގީ، ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ސަރުކާރުން ކަންކަން ރާވާފައި އޮތުމުން ކަމަށެވެ. އަދި ބުނެފައި ވަނީ މުހައްމަދު އިސްމާއިލާއި ދައުވާ ލިބޭ ބާކީ 17 މީހުންގެ މައްސަލަ ކޯޓަށް ހުށަހެޅީ ކަމުގެ ހަގީގަތް ފޮރުވަން ކަމަށެވެ.
މާލޭގައި އޮތް ޔޯގާ ޑޭ ހަރަކާތުގެ ބައެއް ހިސާބުތަކުން މުހައްމަދު އިސްމާއިލް ފެނިފައިވެ އެވެ. އަދި ޔޯގާ ޑޭއާ ދެކޮޅު ހެދި މީހުން އުފުލީ ޕީޕީއެމްގެ އޮފީހުން މުހައްމަދު އިސްމާއިލް ނެރުނު ދިދަތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމާ ގުޅިގެން މުހައްމަދު އިސްމާއީލް ހައްޔަރުވެސް ކުރިއެވެ.