ads
ކައިލީ ޖެނާ
ކައިލީ ބުމަ އާއި އިސްތަށިގަނޑަށް ގެނައި ބަދަލާއިއެކު ގިނަ ބައެެއްގެ މަލާމާތް
އެމެރިކާގެ މަޝްހޫރު ރިއަލިޓީ ތަރި އަދި މުއްސަނދި ވިޔަފާރިވެރިޔާ ކައިލީ ޖެނާ މިފަހުން އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތައް ފެނި ގިނަ ބަޔަކު ބުނީ އެއީ ކައިލީ ކަން ފުރަތަމަ ނުވެސް އެގުނު ކަމަށެވެ.
Advertisement

ކައިލީގެ ފޭސްބުކް އަދި އިންސްޓަގްރާމުގެ ޕީޕީ ވެސް އެ ފޮޓޯއަށް ބަދަލުކޮށްފައިވާއިރު، ކައިލީގެ ބުމަ ވަނީ އެއްކޮށް ބުލިޗުކޮށްފަ އެވެ. ނޫނީ، ހިމަކޮށްފަ އެވެ.

ގިނަ ބަޔަކު ބުނަނީ ކައިލީގެ ބުމަ ހިމަ ކޮށްފައިވަނީ ބުމަ ބާލައިގެން ނޫން ކަމަށާއި، އެއީ މޭކަޕް ކަމަށް ވެދާނެ ކަމަށެވެ. 

ބުމައަށް ގެނައި ބަދަލާއިއެކު، އިސްތަށިގަނޑަށްވެސް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެ ބަދަލާއިއެކު ކައިލީގެ ސިފަ ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ގިނަ ބަޔަކު ބުނަނީ އެ ”ލުކްސް“ ކައިލީ އާއި ނުވެސް ގުޅޭ ކަމަށެވެ.

ބުމަ ހިމަކުރުމަކީ ނުވަދިހައިގެ އަހަރުތަކުގައި ޓެރެންޑެކެވެ. އޭނާގެ މި އާ ބަދަލާއެކީ ނުވަދިހައިގެ އެ ޓްރެންޑު ފެޝަން އިންޑަސްޓްރީ އަށް އަބުރާ އައިސްދާނެތީ ކައިލީގެ ފޮޓޯއަށް ކޮމެންޓުކުރި އޭނާގެ ފޭނުން ވަނީ އެ ޓްރެންޑު އަބުރާ ނުގެނެއުމަށްވެސް އެދިފައެވެ. 

މިދިޔަ އަހަރު ކައިލީގެ ދައްތަ އަދި މަޝްހޫރު ފެޝެނިސްޓަ ކިމް ކާޑޭޝަންވެސް ވަނީ ”ހިމަ ބުމަ “ ލުކެއް ފޭނުންނަށް ދައްކާލާފައެވެ. އެ ލުކާއިއެކު އޭނާގެ ސިފައަށްވެސް ބޮޑު ބަދަލެއް އައިސްފައިވާތީ ގިނަ ބަޔަކު އެފަހަރުވެސް އެ ޓްރެންޑު އަބުރާ އިންޑަސްޓްރީއަށް ނުގެނައުމަށް އެދިފައި ވެއެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް