މި މައްސަލަތައް އަނބުރާ ފޮނުވާލާފައިވާކަން ކްރިމިނަލް ކޯޓުންވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. މައްސަލަތައް ބޭރުކޮށްލިއިރު، އަލީ ވަހީދު ރާއްޖޭން ބޭރުގައި ފިލައިގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އަލީ ވަހީދު ގެންނަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.
އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އެ ކޯޓުން ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކުރީ ޖާމިނުވާ މީހެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އެއްބަސްވުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކޮށްފައިވަނީ ސުލޫކީ މައްސަލަތަކެއް ބަލަމުން އައި ހަސަން ސައީދު ގާޒީއެވެ.