ads
އެމެރިކާއާއި ދެކުނު ކޮރެއާއިންވަނީ ޖަޕާން ކަނޑަށް މިސައިލްތަކެއް ފޮނުވާފައި
އުތުރު ކޮރެއާއަށް ރައްދު ދިނުމަށް އެމެރިކާއާއި ދެކުނު ކޮރެއިން މިސައިލްތަކެއް ފޮނުވާލައިފި
ދެކުނު ކޮރެއާ އާއި އެމެރިކާގެ އަސްކަރިއްޔާއިން ޖަޕާން ކަނޑަށް މިސައިލްތަކެއް ފޮނުވައިފި ކަމަށް ދެކުނު ކޮރެއާ އިން ބުނެފި އެވެ.

މި މިސައިލްތައް ފޮނުވާފައިވަނީ ކޮރެއަން ޕެނިންސިއުލާއާއި ޖަޕާނާ ދެމެދު އޮންނަ ޖަޕާން ކަނޑަށެވެ.

އުތުރު ކޮރެއާއިން ވަނީ އަންގާރަ ދުވަހު ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފައެވެ. ޖަޕާން މަތިން ފޮނުވާލާފައިވާ މި މިސައިލަކީ 2017 ވަނައަހަރުގެ ފަހުން ޖަޕާން މަތިން ފޮނުވާފައިވާ ފުރަތަމަ މިފަދަ މިސައިލެވެ.

ރައްދުގައި އެމެރިކާ، ޖަޕާން އަދި ދެކުނު ކޮރެއާއިން ދަނީ ބާރުހުރިކަން ދައްކާލުމުގެ ގޮތުން އަސްކަރީ ޑްރިލްތައް ބާއްވަމުންނެވެ.

ބުދަ ދުވަހު ދެކުނު ކޮރެއާ އާއި އެމެރިކާއިން ވެސް ވަނީ އެމެރިކާއިން އުފެއްދި އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމް، މިސައިލް ތަކެއް ފޮނުވާލާފައިކަމަށް ދެކުނު ކޮރެއާއިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވީ މިފަހަރު ފޮނުވާލި މިސައިލްތަކުގެ ބޭނުމަކީ އެމެރިކާއާއި އެ ގައުމުގެ ބައިވެރިންނަށް އުތުރު ކޮރެއާއިން ކުރާ ޖެއްސުން ތަކަށް ރައްދުދިނުމަށް ތައްޔާރަށް ތިބިކަމާއި، އަސްކަރީ ގާބިލްކަން ހުރިކަންދައްކާލުން ކަމަށެވެ.

ދެކުނު ކޮރެއާގެ މިސައިލް ފޮނުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ މިސައިލް ފެއިލްވެފައިވާކަން އެ ގައުމުގެ އަސްކަރިއްޔާއިން ވަކިން ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

އަންގާރަ ދުވަހު ޖަޕާނުމަތިން މިސައިލެއް ފޮނުވުމަށް އުތުރު ކޮރެއާއިން ނިންމި ނިންމުމަކީ ޖަޕާނާއި، އެމެރިކާގެ ސަމާލުކަން ހޯދުމަށް ކުރި ކަމެއްގެ ގޮތުގައި އެގައުމުތަކުން ގަބޫލު ކުރެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް