ads
ރައީސް ސޯލިހު: ފޮޓޯ--- ރައީސް އޮފީސް
ރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ބަހްރައިން އަށް ފުރާވަޑައިގެންފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ބަހްރައިން އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ކުރައްވާ މި ދަތުރުފުޅުގައި ސަރުކާރުގެ އިސް އޮފިޝަލުންގެވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. 

މި ދަތުރުފުޅައި ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި ރައީސް ސޯލިހު، ބަހްރައިންގެ ރަސްގެފާނު ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށާއި، ބަހްރައިން ސަރުކާރުގެ އެހެން ބައެއް އިއްޒަތްތެރިންނާވެސް ބައްދަލުކުރައްވާނެ ކަމަށެވެ. 

އަދި މި ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުންބަދަހި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާ، ދެގައުމުގެ ދެމެދު ބައެއް އެއްބަސްވުންތައް ބަދަލު ކުރުމަށް ހަމަޖެހިފައި ވާކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. 

"ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ބަހްރައިންގެ ރަސްގެފާނު ބާއްވަވާ ރަސްމީ ޖާފަތެއްގައި ބައިވެރިވެވަޑައިގެންނެވުމާއި މަތީފަންތީގެ ބައްދަލުވުންތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފަ." ރައީސް އޮފީހުން ބުންޏެވެ.

ބަހްރައިން އަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ އަށް ވަނަ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް