ads
ޝަފީއު ޑރ. ވަހީދާއެކު
އައިލެންޑަސްގެ ސީއީއޯއަކަށް ކުރީގެ ވަޒީރު ޝަފީއު
އައިލެންޑާސް އެޑިއުކޭޝަންގެ ސީއީއޯގެ މަގާމަށް، ކުރީގެ މިނިސްޓަރު އަހުމަދު ޝަފީއު ހަމަޖައްސައިފި އެވެ. އަހްމަދު ޝަފީއުވަނީ ޑރ. ވަހީދުގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަން ކުރައްވާފައެވެ.

އައިލެންޑަސް އެޑިއުކޭޝަނަކީ، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލާއި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލު އަދި އަމީރު އަހުމަދު ޕްރީ ސްކޫލު ހިންގާ ކުންފުންޏެވެ.  ކުންފުނީގެ އާ ސީއީއޯއާއެކު، އައިލެންޑާސް އެޑިއުކޭޝަނުން ވަނީ އެ ކުންފުނީގެ އާ ގަވަނިން ބޯޑުގެ މެމްބަރުން ވެސް އިއުލާނުކޮށްފަ އެވެ.

އައިލެންޑަސް އެޑިއުކޭޝަންގެ ބޯޑު މެމްބަރުންގެ ގޮތުގައި، ކެންގަރޫ ކިޑްސް އަދި ބިލަބޮންގް ހައި ސްކޫލްތަކުގެ ބާނީ ލީނާ އާޝަރު، ފިންލެންޑުގައި ތައުލީމީ ދާއިރާގެ ތަޖުރިބާކާރު އަދި ރާއްޖޭގައި ހުޅުވި ފިންލެންޑް ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލް ޑރ. އެއިޔާ ވެލަންނެ އަދި އިނގިރޭސިވިލާތުގެ ގިނަ ސްކޫލު ގްރޫޕްތަކުގެ ގަވަނިން ބޯޑު މެމްބަރުކަމާއި ޑިޖިޓަލް އެޑިއުކޭޝަން ޓެކްނޮލޮޖީގެ މާހިރެއް ކަމަށްވާ އަބްދުލް ޗޯހަން ހިމެނިވަޑައިގަންނަވަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް