ads
އޮމާންގެ އެނާޖީ މިނިސްޓަރު
އޯޕެކުން ތެޔޮ އުފައްދާ މިންވަރު މަދުކުރަނީ
އެމެރިކާއިން އިތުރަށް ތެޔޮ އުފައްދަން ޕްރެޝަރު ކުރި ނަމަވެސް ތެޔޮ އުފައްދާ މިންވަރު، ދުވާލަކަށް 2 މިލިޔަން ފީފާ މަދުކުރުމަށް އޯޕެކް އިން ނިންމައިފިއެވެ.

މިއީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ފަހު ތެޔޮ އުފައްދާ މިންވަރު އެންމެ ބޮޑަށް މަދުކުރުމަށް އޯޕެކްއިން ނިންމި ނިންމުމެވެ.

ބުދަ ދުވަހު ވިއެނާގައި ބޭއްވި ބައްދަލުވުމަކަށްފަހު ނެރުނު ބަޔާނެއްގައި ތެޔޮ އުފައްދާ ޤައުމުތަކުގެ ގްލޯބަލް ކާޓެލްއިން ބުނެފައިވަނީ ދެން ތެޔޮ އުފައްދާނީ މިހާރު އުފައްދާ ވަރަށްވުރެ ދުވާލަކު 2 މިލިއަން ފީފާ މަދުން ކަމަށެވެ. 

މި ފިޔަވަޅުގެ ސަބަބުން، ދުނިޔޭގެ އިގްތިސާދަށް ހީނަރުކަމެއް އައިސްދާނެ ކަމުގެ ބިރު ހީވެފައިވާއިރު، ވެއްޓިފައިވާ ތެލުގެ އަގު މައްޗަށް ދާނެކަމަށް ބެލެވެއެވެ. މީގެ ތިންމަސްދުވަސް ކުރިން 120 ޑޮލަރަށް ފީފާއެއް ހުރި ތެލުގެ އަގު މިހާރު ވަނީ 90 ޑޮލަރަށް ވެއްޓިފައެވެ. 

މި ނިންމުމުގެ އަސަރު ތެޔޮ ބޭނުންކުރާ މީހުންނާ ހަމައަށް އަންނަން  ތިން ހަފްތާ ނަގާނެކަމަށް ބެލެވެއެވެ.

އަދި އޯޕެކް އިން ކުރަން އުޅޭ ކަންތައް ހުއްޓުވުމަށް އެމެރިކާގެ ކޮންޓަރޯލުގައިވާ ތެލުގެ ބައެއް ސްޓޮކް ތައް ދޫކުރުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބައެއް ތަޖްރިބާކާރުން ލަފާކުރެއެވެ.

އޯޕެކުން ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް އެމެރިކާއިން ބޭނުމެއް ނުވެއެވެ. 

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް