ads
މާލޭ ސިޓީގެ މޭޔަރު މުއިއްޒު
ސިޓީ ކައުންސިލުން ފުޓްސަލް ދަނޑު އެޅުން ސިވިލް ކޯޓުން ހުއްޓުވައިފި
މާލޭ ސިޓީ ކައުންސިލުން މާލޭގެ ދެ ތަނެއްގައި ފުޓްސަލް ދަނޑު އަޅަން ހެދި އެއްބަސްވުން ބާތިލްކޮށް، އެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރަން މާލޭ ސިޓީ ކައުންސިލުން ކުރާ މަސައްކަތް ސިވިލް ކޯޓުން ހުއްޓުވައިފިއެވެ.

ސިނަމާލެ ފްލެޓްތަކާ އިންވެގެން އޮތް ހުސްބިމުގައި އަދި ތައިސޭ ކޮށީގައި ފުޓްސަލް ދަނޑެއް އަޅަން ސިޓީ ކައުންސިލުން މިދިޔަ މަހުގެ ފަހުކޮޅު އިއުލާން ކޮށްފައި ވަނިކޮށް އެ މަސައްކަތް ސިވިލް ކޯޓުން ހުއްޓުވީ އެ މަޝްރޫއު ކުރިން ހަވާލު ކޮށްފައި އޮތް ކޯލައިން މޯލްޑިވްސް ކުންފުނިން ދައުވާ ކުރުމުންނެވެ. އެ މަސައްކަތަށްކުރުމަށް ސިޓީ ކައުންސިލުން އެހެން ބަޔަކު ހޯދަން އިއުލާންކުރީ ކޯލައިންއާ އެކު ހަދާފައި އޮތް އެއްބަސްވުން އެ ކައުންސިލުން މިދިޔަ މަހު ބާތިލްކުރުމަށްފަހު އެވެ.

މި މައްސަލައިގައ ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރު ނެރުއްވި އަމުރުގައިވަނީ ދަނޑު އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރަން އެއްވެސް ކަމެއް ނުކުރުމަށާއި އަދި ކޯލައިންއާ އެކު ހަދާފައިވާ އެއްބަސްވުމާ ގުޅޭގޮތުން ތިން ވަނަ ފަރާތެއްގެ ހައްގު އުފަންވާފަދަ ކަމެއް ނުކުރުމަށް ސިޓީ ކައުންސިލަށް އަންގާ ކަމަށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް