އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ދައުވާ އުފުލާފައިވަނީ މަދު ބައެއްގެ މައްޗަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ. އިތުރު ފަރާތްތަކެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވުމުގެ ޕްރޮސެސް މިހާރު ހިނގަމުންދާއިރު، އެއީ އިތުރު ފަސް މައްސަލައެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
އެ 5 މައްސަލައިގެ ތަފްސީލް މިހާތަނަށް ހާމަކޮށްފައި ނުވިނަމަވެސް އޭގެ ތެރޭގައި ރެޑްވޭވް ސަލީމާ، ރިޔާޒް ރަޝީދު ހިމެނޭ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.