ads
ތައިލޭންޑް ޑޭކެއާ ސެންޓަރަށް ދިން ހަމަލައަށްފަހު މީހުން އެތަނަށް ޖަމާވެފައި
ތައިލޭންޑްގެ ޑޭކެއާ ސެންޓަރަކަށް ހަމަލަދީ 34 މީހުން މަރާލައިފި، ގިނައީ ކުޑަކުދިން!
ތައިލެންޑްގެ ޗައިލްޑް ޑޭކެއާ ސެންޓަރަކަށް ކުރީގެ ފުލުހަކު ވަދެ 34 މީހުން މަރާލައިފިއެވެ.

ނޮންގް ބުއާ ލާމް ފޫ ޕްރޮވިންސްގައި ހުންނަ ސެންޓަރަށް ވަދެ ބަޑިއާއި ފިސްތޯލައާއި ވަޅި ބޭނުންކޮށްގެން ހަމަލާދިނުމަށްފަހު  ޕިކަޕެއްގައި ހަމަލަދިން މީހާ ވަނީ ފިލާފައެވެ. 

މަރުވި މީހުންގެ ތެރޭގައި މަދުވެގެން 23 ކުޑަކުދިން ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ. 

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ބަޑީގެ ހަމަލާދިން މީހާ ވަނީ އޭރު ކުޑަކުދިން ނިދާފައި ތިބި  ކޮޓަރިއަކަށް ވަދެ  ބަޑިން ހަމަލާ ދީފައެވެ.

ފުލުހުން ބުނި ގޮތުގައި ހަމަލާ އަށް ފަހު، ހަމަލާދިން މީހާ ވަނީ ގެއަށް ގޮސް އޭނާގެ އަންހެނުންނާއި ކުޑަ ދަރިފުޅު މަރާލުމަށްފަހު އަމިއްލައަށް މަރުވެފައެވެ.

ކުޑަކުދީންނަށް ހަމަލާދިނީ ކުރީގެ ފުލުސް އޮފިސަރެއް ކަމަށްވާ ޕަންޔާ ޚަމްރަބް، 34، އެވެ. ފުލުހުން  ބުނީ އޭނާ މިދިޔަ އަހަރު ވަޒީފާއިން ވަކިކުރީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގައި ކަމަށެވެ.

ތައިލެންޑްގެ ބޮޑުވަޒީރު ވަނީ، މިއަދުގެ ހަމަލާގެ ތަހްގީގު ވަގުތުން ހިންގުމަށް އަމުރު ކުރައްވާފައެވެ.

ބޮޑުވަޒީރު، ފޭސްބުކްގައި ޕޯސްޓްކުރެއްވި މެސެޖެއްގައި ވިދާޅުވީ، މި ހިތާމަވެރި ހާދިސާ ހިނގީ ކިހިނެއްތޯ ބެލުމަށް ފުލުހުންގެ ކޮމާންޑަރަށް އަވަސް ތަހުގީގެއް ހިންގުމަށް އަމުރު ކުރައްވާފައިވާ ކަމަށެވެ.

އަދި މި ބިރުވެރި ހަމަލާ ކުށްވެރި ކުރައްވައި، މި ހާދިސާގައި މަރުވި އަދި ޒަޚަމްވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކުރައްވާ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް