ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ، 137 އެމްބިއުލާންސް އަކީ ރާއްޖޭގެ ރަށްތަކަށް ބަލާއިރު ބޮޑު އަދަދެއް ކަމަށެވެ.
މިހާރު އެމްބިއުލާންސް ބޭނުންވެ، ނުލިބި ހުރި ބާކީ ރަށްތަކަށްވެސް ވަރަށް އަވަހަށް އެމްބިއުލާންސްތައް ފޯރުކޮށްދެވި އެމައްސަލަ ހައްލުކުރެވިގެންދާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.
މިހާތަނަށް 137 ރަށަށް އެމްބިއުލާންސް ފޯރުކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ބުނިއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމްބިއުލާންސެއް ނުލިބިގެން ރަށު ޕިކަޕުގައި މީހުން އުފުލުން ވަނީ އާންމުވެފައެވެ.