ads
އެމެރިކާއާއި އުތުރު ކޮރެއާއިން ދަނީ މިސައިލްތައް ފޮނުވަމުން
އުތުރުކޮރެއާގެ އެތެރޭގެ ކަންކަން ނޭނގޭތީ އެމެރިކާ ކަންބޮޑުވެއްޖެ
އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން، އެގައުމުގެ ހަތްވަނަ ނިއުކްލިއާ ޓެސްޓުގެ ކަންކަން ބަލަހައްޓަވުމަށް ތައްޔާރު ވަމުންދާތީ އެމެރިކާއިން ކަންބޮޑު ވެއްޖެ އެވެ.
Advertisement

އުތުރު ކޮރެއާގެ އެތެރޭގެ މައުލޫމާތު ހޯދައިގަތުމުގެ ގާބިލުކަން އެމެރިކާއަށް ލިބިފައިވަނީ ވަރަށް ހަނިކޮށްކަމަށް އެމެރިކާގެ އޮފިޝަލުން ދަނީ ބުނަމުންނެވެ.

މިހާތަނަށް ރައީސް ޖޯ ބައިޑަން ވަނީ އެމެރިކާގެ މަތިންދާ ބޯޓް އުފުލާ މަނަވަރެއް އެ ސަރަހައްދަށް ފޮނުވައިގެން އުތުރުކޮރެއާއިން ފޮނުވާ މިސައިލްތަކަށް ރައްދު ދެއްވުމަށް މަސައްކަތް ކުރައްވާފައެވެ. އެމެރިކާއާއި ދެކުނު ކޮރެއާއިން ވަނީ، އުތުރު ކޮރެއާއިން ފޮނުވި މިސައިލްތަކުގެ ރައްދުގައި މިސައިލްތަކެއް ފޮނުވާފައެވެ. 

މީގެ އިތުރުން ޖަޕާނުގެ ބޮޑުވަޒީރާ ފޯނުން ގުޅުއްވައި، އެމެރިކާގެ ރައީސް ވަނީ މި ހަމަނުޖެހުންތައް ދިގުލައިގެން ދިޔަ ނަމަވެސް އުތުރު ކޮރެއާއާ ދެކޮޅަށް ރައްދު ދެއްވާނެ ކަމަށް ވައުދު ވެވަޑައިގެންފަ އެވެ. 

އުތުރު ކޮރެއާގެ ހަރަކާތްތައް މިހާ ފާޅުކޮށް ކުރިއަށް ގެންދަނީ ކީއްވެގެން ކަމެއް އެމެރިކާގެ އޮފިޝަލުން ހާމައެއް ނުކުރެއެވެ. އިންޓެލިޖެންސްއާ ބެހޭ ގޮތުން ފާޅުގައި ވާހަކަ ނުދެއްކޭ ކަމަށް ބުނެ، އެއްވެސް ތަހުލީލެއް ނުވަތަ އެސެސްމަންޓެއް ގެ ތަފްސީލެއް ވައިޓް ހައުސްގެ އޮފިޝަލުން ނުދެއެވެ. 

ނަމަވެސް މި މައްސަލައާ ބެހޭ މައުލޫމާތު އެނގޭ އެމެރިކާގެ އިސް ދެ އޮފިޝަލަކު ވަނީ ކިމްގެ މަގުސަދު ތައް ހޯދައިގަތުމުގައި އެމެރިކާއަށް އުނދަގޫތައް ކުރިމަތި ވެފައިވާކަމަށް އިއުތިރާފު ވެފައެވެ.

ސެންޓާ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ ސީނިއާ އެޑްވައިޒަރު ވިދާޅުވީ އުތުރު ކޮރެއާގެ މިސައިލް ގާބިލްކަން ހުރި ހާލަތު ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެހެންނަމަވެސް އުތުރު ކޮރެއާއިން ކުރާ ގިނަ ކަންތައްތަކަކީ ލީޑަރު އަމިއްލަފުޅަށް ކުރައްވާ ކަމަކަށް ވާތީ، އެކަންކަން ހޯދައިގަންނަން އުނދަގޫ ކަމަށެވެ. އަދި އެއީ މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށްވެސް ވިދާޅުވިއެވެ. 

69%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް