ads
އުޝާމް ރައީސް ވަޙީދާއެކު
އުޝާމްގެ ރައްދު ޔާމީނަށް: ޖީއެމްއާރު ބޭރުކުރަން އިސްކޮށް ހުރީ ނާޒިމް
އިންޑިޔާގެ ޖީއެމްއާރު އަތުން އެއަރޕޯޓް އަތުލަން ނިންމީ ކެބިނެޓުންކަމަށާއި އެ ނިންމުން ތަންފީޒުކުރުމަށް އެންމެ މުހިންމު މަސައްކަތެއް އޭރު ކުރި އެކަކީ އޭރުގެ ޑިފެންސް މިނިސްޓަރު ނާޒިމް ކަމަށް ވިދާޅުވުވެ، ކުރީގެ ޑެޕިއުޓީ އެޓަނީ ޖެނެރަލް އަދި މިހާރު ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް، ރައީސް ޔާމީނަށް ރައްދު ދެއްވައިފިއެވެ.

އުޝާމް މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ޔާމީނަށް މި ރައްދު ދެއްވީ، އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވިއްކާލަން ހެދި އެއްބަސްވުން އުވާލުމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ބޭނުންނުވި ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ. 

ޖީއެމްއާރު ކަންތަކާ ގުޅޭ ގޮތުން އުޝާމް ވިދާޅުވީ އެއަރޕޯޓް އަތުލަން ނިންމީ އޭރުގެ ސަރުކާރުގެ ކެބިނެޓުން ކަމަށެވެ. އޭރު ވެރިކަމުގައި ހުންނެވީ ޑރ. ވަޙިދުއެވެ. 27 ނޮވެމްބަރ 2012 ގެ ކެބިނެޓް ބައްދަލުވުމުގެ ޔައުމިއްޔާތައް މިހާރުވެސް ހުންނަންވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި ކެބިނެޓްގެ ނިންމުން ތަންފީޒުކުރުމަށް އެންމެ މުހިންމު މަސައްކަތެއް އޭރު ކުރި އެކަކީ ނާޒިމް ކަމަށާއި އެ ހަގީހަތް ބަދަލު ނުކުރެވޭނެކަމަށް އުޝާމް ވިދާޅުވިއެވެ. 

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް