ads
ފަސްޓް ލޭޑީގެ ޒިޔާރާތުގެ ތެރެއިން
ފަސްޓް ލޭޑީ ބަހްރެއިންގެ ކިންގް ޙަމަދު ޔުނިވަރސީޓީ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ބަހްރައިންގެ ކިންގް ޙަމަދު ޔުނިވަރސީޓީ ހޮސްޕިޓަލް (ކޭ.އެޗް.ޔޫ.އެޗް)އަށާއި ބަހްރައިން އިންސްޓިޓިއުޓް އޮފް ޕާރލްސް އެންޑް ޖެމްސްޓޯން (ޑީ.އޭ.އެން.އޭ.ޓީ.)އަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.
Advertisement

އެކަމަނާ ބަހްރައިންގެ ކިންގް ޙަމަދު ޔުނިވަރސީޓީ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި އެ ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމަންޓަށް ޒިޔާރަތްކުރައްވައި ކެންސަރު ބަލި ތަހައްމަލުކުރަމުންދާ ބަލިމީހުންނަށް ސައިކޮލޮޖިކަލް ސަޕޯޓްދިނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން އެކަމަނާ ވަނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ އެންމެފަހުގެ ޒަމާނީ ސިއްހީ ހިދުމަތްތަކާއި ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތަކާއި އަދި އެތަނުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސްޓްރެޓެޖީތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވާފައެވެ. ބަހްރައިން އިންސްޓިޓިއުޓް އޮފް ޕާލްސް އެންޑް ޖެމްސްޓޯންއަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޖެމޮލޮޖިކަލް ލެބޯޓްރީތައް ބައްލަވާލައްވާފައެވެ.

މުހައްރަގް ގަވަނަރޭޓްގައި ހުންނަ ކިންގް ޙަމަދު ޔުނިވަރސީޓީ ހޮސްޕިޓަލަކީ މަތީ ފެންވަރުގެ މެޑިކަލް ފެސިލިޓީތަކާއެކު އެންމެ ފަހުގެ ޓެކްނޮލޮޖީއާއި، ފަރުވާދިނުމުގެ އެންމެޒަމާނީ ގޮތްތަކަށް އަހުލުވެރިވެފައިވާ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް، ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންނަށް ތަމްރީނުދިނުމާއި މެދުކެނޑުމެއްނެތި މުވައްޒަފުންގެ މަސައްކަތުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން އެ ހޮސްޕިޓަލުން އަންނަނީ އެކަޑަމިކް އިންސްޓިޓިއުޓްތަކާއި ގުޅިގެން މަސައްކަތްކުރަމުންނެވެ.

ބަހްރައިން އިންސްޓިޓިއުޓް އޮފް ޕާލްސް އެންޑް ޖެމްސްޓޯން އަކީ ބަހްރެއިންގެ ޒަމާންވީ މުތީ ތާރީހު ދައްކުވައިދޭ، އަދި މުތީ ޓެސްޓްކޮށް ދިރާސާކުރުމުގެ ރޮނގުން ހާއްސަވެފައިވާ، އަދި އެތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ގާއިމުކޮށްފައިވާ ދުނިޔޭގެ ފެންވަރުގެ ޖެމޮލޮޖިކަލް ލެބޯޓްރީއެކެވެ. މިތަނަކީ ބަހްރައިންގެ ވަލީއަހްދު އަދި ބޮޑުވަޒީރު ސަލްމާން ބިން ޙަމަދް އަލް އީސާ އަލް ޚަލީފާގެ އިރުޝާދުގެ ދަށުން 2017 ވަނަ އަހަރު އުފެއްދި ތަނެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަހްރައިންއަށް ވަޑައިގަންނަވާފައި ވަނީ ބަހްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް އެ ގައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް