ads
ބަންޑުން ޖަހާލި ލޯންޗު——ފޮޓޯ: ސޯޝަލް މީޑިއަަ
ބަންޑުންޖަހާލި ލޯންޗުން ގެއްލުނު މީހާ އަދިވެސް ނުފެނޭ
މިމަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 13:00 ހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހަވަނަ ދުވަހު އެވެ. ފުލުހުންނަށް ރިޕޯޓުކުރީ އެ ލޯންޗުގައި ދަތުރުކުރި މީހެއްގެ އާއިލާގެ މީހުންނެވެ.

އެ ލޯންޗު އއ. މާޅޮސް ކައިރިއަށް ބަންޑުންޖަހާލާފައި އޮއްވާ ވަނީ އިއްޔެ ފެނިފައެވެ.

ކަމާއިބެހޭ އިދާރާތަކުން އިތުރަށް ބެލިބެލުމުން އެ ލޯންޗުގައި ދެމީހަކު ދަތުރުކުރިކަން އެގިފައިވެއެވެ. އޭގެތެރެއިން އެކަކު ފެރިދޫ ފުއްޓަރާއި ދިމާއިން ފެނުނުއިރު، އަނެކަކު ވަނީ ގެއްލިފަ އެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ނެވެ. ފުލުހުން މިއަދު ”ސީއެންއެމް“ އަށް ބުނީ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް މިހާތަނަށް އަދި ފެނިފައި ނުވާ ކަމަށެވެ.

ފެރިދޫ ފުއްޓަރު ކައިރިން ފެނުނު މީހާއަށް އިއްޔެ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ހާލަތާއި ގުޅޭގޮތުން މިއަދު ސުވާލުކުރުމުން ފުލުހުން އެދުނީ ސިއްހީ މަރުކަޒުން ސާފު ކުރުމަށެވެ. 

އޭނާގެ ހާލަތާއި ގުޅޭގޮތުން އެރަށު ސިއްހީ މަރުކަޒުގެ ބަހެއް މިހާތަނަށް އަދި ނުލިބެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް