ads
ސްޕްރީމް ކޯޓު
ދީބާޖާ މައްސަލައިގެ ހުކުމްކުރުން މާދަމާ
ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައުލަތުން ދޭން ކުރި ހުކުމް ބާތިލުކުރި ކުރުން މުރާޖައާ ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ފެރީ ހިދުމަތް ދިނުމަށް 2011 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރުމާއި ގުޅިގެން އެކުންފުނިން އެމައްސަލަ ސިވިލްކޯޓައް ހުށަހެޅީ 2013 ވަނަ އަހަރު އެވެ. ދައުލަތުން ދީބާޖާ އާއިއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރީ އެ އެއްބަސްވުމާއި ދީބާޖާ ކުންފުނިން ހިލާފިވެފައިވާކަމަށް ބުނެއެވެ. 

ނަމަވެސް އެއްބަސްވުމުގައި ދައުލަތުން ދީބާޖާ ކުންފުންނަށް ދޫކުރުމަށް ލާޒިމްކަމަށް ބަޔާންކޮށްފައިވާ ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބޭނުންވާ ބިން ދޫކޮށްފައިނުވާތީ، ސިވިލްކޯޓުން ނިންމީ އެ އެއްބަސްވުމާއި ދައުލަތުން ހިލާފުވެފައިވާ ކަމަށެެވެ. އަދި އެކުންފުންޏަށް ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ވަނީ ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައެވެ. ނަމަވެސް ދައުލަތުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ސިވިލްކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ. 

ނަމަވެސް ދައުލަތުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ، ސުޕްރީމް ކޯޓުން ވެސް ކަނޑައެޅީ އެ ފައިސާ ދީބާޖާއަށް ދިނުމަށެވެ. އޭގެފަހުންވެސް އެމައްސަލަ މުރާޖާ ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި ދައުލަތުން އެދިފައިވެއެވެ. އެފަހަރު ސުޕްރީމް ކޯޓުން ވަނީ ކުރީގެ ނިންމުން ބާތިލުކޮށްފަ އެވެ. 

އެހެންކަމުން 2021 ވަނަ އަހަރު ދީބާޖާއިން އަނެއްކާވެސް ހައިކޯޓުގެ ހުކުމް އަލުން އިސްތިއުނާފު ކުރި އެވެ. ކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. 

މިއަދު ސްޕްރީމް ކޯޓުން އާއްމުކޮށްފައިވާ ތާވަލުގައި ވާގޮތުން މައްސަލާގެ ހުކުމް އިއްވުން މާދަމާ ހެނދުނު 11:00 ގައި އޮންނާނެ އެެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް