ads
ކެރެލާގެ ސަޕޯޓަރުން
އައިއެސްއެލް: ފޯރިގަދަ ފުރަތަމަ މެޗު ކެރެލާ ބްލާސްޓާއަށް
ސަރަހައްދީ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އިންޑިއަން ސުޕަ ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗު، ކެރެލާ ބްލާސްޓާއިން ކާމިޔާބުކޮށްފިއެވެ.
Advertisement

އިންޑިޔާގެ ގައުމީ ޓީމުގެ ކޯޗު ސްޓެފަން ކޮންސްޓެންޓައިން ކޯޗުކޮށްދޭ އީސްޓް ބެންގޯލާ ދެކޮޅަށް ކެރަލާ ބްލާސްޓާއިން ކުޅުނު މެޗު ކާމިޔާބުކުރީ 3-1 ންނެވެ. އިންޑިޔާގެ އެކި ސްޓޭޓްތަކުން 11 ކްލަބު ވާދަކުރާ އަގުބޮޑު މި ލީގުގެ މި ސީޒަންގެ ފުރަތަމަ މެޗު ކުޅުނީ ރޭ ކޮޗިންގައެވެ.

މުބާރާތުގެ ގަވައިދަށް ގެނެސްފައިވާ ބަދަލާއެކު ލީގު ބުރުގެ އެންވަނަ ހޯދާ ދެ ޓީމަށް ސެމީ ފައިނަލަށް ދެވޭނެއެވެ. ސެމީގެ އަނެއް ދެ ޓީމު ކަނޑައަޅާނީ 3 ވަނަ ޓީމުން ފެށިގެން 6 ވަނަ ޓީމާ ދެމެދުގެ ޓީމުތަކުގެ މެދުގައި ކުޅެވޭ މެޗުތަކަކުންނެވެ. ލީގުގެ ޗެމްޕިއަން ޓީމަށް އޭއެފްސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެއެވެ.

ކޮވިޑާ ގުޅިގެން ސަޕޯޓަރުން ނުވައްދާ ކުރިއަށް ގެންދިޔަ 2 ސީޒަނަށް ފަހު މި ފަހަރުގެ ސީޒަން ކުރިއަށް ގެންދާނީ އާއްމުކޮށް ސަޕޯޓަރުންނަށް ވަދެވޭ ގޮތަށް އަދި ހޯމް އެންޑް އަވޭ އުސޫލުންނެވެ. މިދިޔަ ދެ ސީޒަންވެސް ގެންދިޔައީ އެ ގޮތަކަށް ނޫނެވެ.

އައިއެސްއެލްގެ ޓީމުތަކަކީ ދިވެހި ޓީމުތަކަށްވެސް ފަރިތަ ޓީމުތަކެކެވެ. އައިއެސްއެލްގައި ވާދަކުރާ ބެންގަލޫރު އެފްސީ، އޭޓީކޭ މޯހަން ބަގާން، އަދި އީސްޓް ބެންގޯލަކީ މީގެ ކުރިން ދިވެހި ކްލަބުތަކާ ދެކޮޅަށް މާލޭގައިވެސް ކުޅެފައިވާ ކުލަބުތަކެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް