ads
ގޮއްވާލި ބްރިޖް
ރަޝިޔާ އާއި ކްރައިމިއާ ގުޅޭ މައި ބްރިޖު ޔުކްރޭން އިން ގޮއްވާލައިފި
ރަޝިޔާ އާއި ކްރައިމިއާ ގުޅޭ މައި ބްރިޖު ޔުކްރޭން އިން ދިން ހަމަލާއެއްގައި ވަރަށް ބޮޑަށް ހަލާކުވެއްޖެ އެވެ.
Advertisement

ރޭ ފަތިހު ދިން ހަމަލާގައި ބްރިޖުގެ ދެ މޮޓޯވޭ ވަނީ ކަނޑަށް ވެއްޓިފަ އެވެ.

ރަޝިޔާގެ އެމަޖެންސީ މިނިސްޓްރީން ބުނާ ގޮތުގައި މިހާތަނަށް ތިން މީހަކު މި ހަމަލާގައި މަރުވެފައިވެ އެވެ. މަރުވި ތިން މީހުންނަކީ އެ ވަގުތު ކާރުތަކުގައި ދަތުރު ކުރި މީހުން ކަމަށް ބުނެއެވެ.

ޔުކްރެއިންގެ ޑިފެންސް މިނިސްޓްރީން ވަނީ ނުސީދާ ގޮތުގައި މި ހަމަލާގެ ޒިންމާ ނަގާފައެވެ. އެ ގޮތުން ޔުކްރޭން ޑިފެންސް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ “ގާނޫނާ ހިލާފަށް ހަދާފައި އަދި ބަހައްޓާފައި” ހުންނަ ހުރިހާ އެއްޗެސަކީ ވެސް  “ނައްތާލާނެ” އެއްޗެހި ކަމަށެވެ.

ހަމަލާގެ ވަގުތު ބްރިޖާ ޖެހިގެން އޮންނަ ރެއިލްވޭ ޓްރެކްވެސް ވަނީ ބަންދުކޮށްފަ އެވެ. 

ބްރިޖު ގޮއްވާލަން ބޭނުންކޮށްފައިވަނީ މުދާ އުފުލާ ޓްރަކަކަށް  ގޮވާތަކެތި ބަރުކޮށްގެން އެހިސާބަށް ގެންގޮސްކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވެއެވެ. 

ގޮވުމުގެ ސަބަބުން އެވަގުތު ޖެހިގެން އޮތް ރެއިލްވޭ ޓްރެކުން ދަތުރުކުރި ރޭލުގައި ހުރި ތެޔޮ ޓޭންކަރުތަކުގައި ރޯވެފައިވެއެވެ. 

ނަމަވެސް ރޭލު ޓްރެކަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. 

ރަޝިޔާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނާ ގޮތުގައި މިރޭ 20:00 އިން ފެށިގެން ރެއިލްވޭ ޓްރެކު އަނެއްކާވެސް އާންމު ދަތުރުތަކަށް ހުޅުވާލާނެ ކަމަށެވެ.

ކްރައިމިއަން ބްރިޖަކީ މިހާރު ޔުކްރެއިންގައި ކުރާ ހަނގުރާމައަށް ހަތިޔާރު ފޯރުކޮށްދިނުމަށް ބޭނުންކުރާ މުހިއްމު ސަޕްލައި ރޫޓެކެވެ.  

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް