ads
މަސައްކަތް ހަވާލުކުރީ ޔުނިކް ޗޮއިސް ޕްރައިވެޓު ލިމިޓެޑާ
ނޭކުރެންދޫ ޖަލު އެޅުމަށް ބަޔަކާއި ހަވާލުކޮށްފި
ހދ. ނޭކުރެންދޫ ގައި އެޅުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޕްރިޒަންގެ މަސައްކަތް ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފި އެވެ.
Advertisement

އެ ކުންފުންޏާއި މިއަދު ހަވާލުކޮށްފައިވަނީ ޖަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ނޭކުރެންދޫގެ އަޅާ ޖަލަކީ އިންޑަސްޓްރިއަލް ޕްރިޒަން ކަމަށާއި، އެ ޖަލު ހިންގާނީ އެއްއޯޕަން ޕްރިޒަމް ސިސްޓަމްގެ ތެރެއިން ކަމަށެވެ. 

އެއްއޯޕަން ޕްރިޒަމް ސިސްޓަމަކީ ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ނެރުމަށް ދުނިޔޭގެ ގައުމުތަކުގައި މިހާރު ތަންފީޒު ކުރަމުން އަންނަ އެންމެ ކާމިޔާބު ސިސްޓަމެވެ.

ނޭކުރެންދޫ ޖަލު މި ދައުރުގެ ތެރޭގައި ނިމޭނެކަމަށް އޮތީ ލަފާކޮށްފައެވެ. ނަމަވެސް މި މަސައްކަތް ނުފެށި ވަރަށް ބޮޑަށް ލަސްވަމުންދާ ސަބަބު ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުންވެސް މިފަހުން މިނިސްޓަރު އިމްރާން އަށް ވަނީ އަންގާފަ އެވެ.

ލިއުމުން ޖަވާބު ހޯދުމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި އެ ސުވާލަށް މިނިސްޓަރު އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހަށް ދެތިން ސަފުހާ ހިމެނޭ ދިގު ޖަވާބެެެއްގައި އެމަސައްކަތް އޮތް ހިސާބު ސާފުކޮށްދީފައި ވެއެވެ.

އެގޮތުން 2020 ވަނަ އަހަރު އެކަމަށް ހަމަޖެހުނު 17 މިލިއަން ރުފިޔާގެ ބަޖެޓު ކޮވިޑާއިއެކު ފިނޭންސުން އެއަދަދު ދޮޅު ލައްކައަށް ކުޑަކުރިކަން ފާހަގަކޮށްފައިވެއެވެ.

އޭގެފަހުން 2021 ވަނަ އަހަރުވެސް އެމަސައްކަތަައް ލިބުނީ 17 މިލިއަން ކަމަށާއި، އެއަދަދުން ޖަލާއި ގުޅިފައިވާ މަގުގައި ހުރި ރުއްގަހަށް ބަދަލު ދެވުނުކަންވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން އެކަމަށް ތިންލައްކަ ހަރަދުވިކަން ފާހަގަކުރި އެވެ. އަދި އޭގެ އިތުރުން އީއައިއޭ ހެދުންފަދަ އެހެނިހެން ކަންކަމަށްވެސް އެ ލާރި ހަރަދުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. 

މިއަހަރު އެ މަޝްރޫއުއަށް ލިބުނީ 10 މިލިއަންކަން ފާހަގަކޮށް މިނިސްޓަރުގެ ޖަވާބުގައި ވަނީ އެބަޖެޓާއި އެކު މި ދައުރުގެ ތެރޭގައި ޖަލުގެ މަސައްކަތް އެކީ ނިންމާނުލެވޭނެ ކަމަށެވެ. މިދައުރަށް ނިމޭނީ ޖަލުގެ ވަށާފާރާއި، ޖަލުގެ ކޮންސެޕްޓާއި، ޖަލުގެ ތަފްސީލު ކުރެހުމުގެ މަސައްކަތްތައް ކަމަށްވެސް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް