ads
ހދ. އަތޮޅު ޤުރުއާން މުބާރާތް 2022 - ފޮޓޯ: ކައުންސިލް
ހދ. އަތޮޅު ޤުރުއާން މުބާރާތުގެ 1 ވަނަ ނޮޅިވަރަމަށް
ހދ. އަތޮޅު ޤުރުއާން މުބާރާތް 2022 ގެ ފަޚުރުވެރި 1 ވަނަ ނޮޅިވަރަމުން ހޯދައިފިއެވެ.

މި ޤުރުއާން މުބާރާތުގެ 2 ވަނަ ހޯދާފައިވަނީ ވައިކަރަދޫ އެވެ. 3 ވަނައަށް ދިޔައީ މަކުނުދޫއެވެ.

މި ފަހަރުގެ މުބާރާތުގައި ހދ އަތޮޅުގެ 12 ރަށަކުން ޖުމްލަ 130 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި 35 ދަރިވަރުން ނުބަލައި ކިޔުމުގެ ގޮފީގައި ބައިވެރިވެފައިވާއިރު، ބަލައިގެން ކިޔުމުގެ ގޮފީގައި 95 ދަރިވަރުން ބައިވެރިވެފައިވެއެވެ. 

your imageހދ. އަތޮޅު ޤުރުއާން މުބާރާތުގެ އެންމެ މޮޅު ދަރިވަރު ވައިކަރަދޫ ފައިޙާ ޢަބްދު ﷲ ޢަޤީލް

ހދ. އަތޮޅު ޤުރުއާން މުބާރާތުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ، ވައިކަރަދޫ ފައިޙާ ޢަބްދު ﷲ ޢަޤީލެވެ. 2 ވަނައަށް ގޮސްފައިވަނީ، މަކުނުދޫ ރާޔާ އަންވަރު އެވެ. އަދި މުޅި މުބާރާތުން 3 ވަނައަށްދިޔަ ދަރިވަރަކީ، ނޮޅިރަމުގެ އަފްނާން އަޙްމަދު އަފްރާޙުއެވެ.

ރޭ ބޭއްވި މިޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު ޑރ. އަޙްމަދު ޒާހިރެވެ. 

މި މުބާރާތަކީ، ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް