އާންމުކޮށް ޕްރިއަންކާ ފެންނަނީ އެކްޓު ކުރުމުގެ ތެރެއިން ނަމަވެސް، މިފަހަރު އޭނާ މި ފެނުނީ ބަދިގެއިންނެވެ.
ނިއުޔޯކު ސިޓީގައި ހުންނަ އޭނާގެ ރެސްޓޯރަންޓް "ސޯނާ" އަކީ އިންޑިއަން ފުޑް އަށް ލޯބިކުރާ މީހުންނަށް ވަރަށް ކަމުދާ ތަނެކެވެ. އެންމެ ފަހުން ޕްރިއަންކާ މިވަނީ އޭނާގެ ރެސްޓޯރަންޓުގެ ބަދިގެއަށް ވަދެ އެތަނުގެ ކައްކާއިންނާއި ގުޅިގެން ބައެއް ތަކެތި ކައްކާފައެވެ.
އެގޮތުން އޭނާ ވަނީ ބަޓާ ޗިކަން ޕިއްޒާ އާއި، އެވަކާޑޯ ބެހެލް އާއި، ޗަޓް މަސާލާ ތައްޔާރުކޮށްފައެވެ. އެނާއަށް އެންމެ މީރީ ޗަޓް މަސާލާކަމަށް ވެސް ވަނީ ބުނެފައެވެ.