ads
ބެންގަލޫރު- ނޯތް އީސްޓް ޔުނައިޓެޑް މެޗުގެ ތެރެއިން
އައިއެސްއެލް: ފަހު ވަގުތު ބެންގަލޫރު މޮޅުވެއްޖެ
އިންޑިއަން ސުޕަ ލީގުގައި، ސަރަހައްދީ ވަރުގަދަ ބާރު ބެންގަލޫރު އެފްސީ ކުޅުނު ފުރަތަމަ މެޗުން، ހަނިގޮތަކަށް ފަހު ވަގުތު މޮޅުވެއްޖެއެވެ.

ރޭ، ބެންގަލޫރުގެ އަމިއްލަ ދަނޑުގައި އެ ޓީމު މޮޅުވީ، ނޯތް އީސްޓް ޔުނައިޓެޑާ ވާދަކޮށް 1-0 ންނެވެ. މެޗުގެ ހަމައެކަނި ލަނޑު މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށްވެފައިވަނިކޮށް ޖެހީ ބިދޭސީ ފޯވާޑު އެލަން ކޮސްޓާއެވެ.

މުބާރާތުގެ ގަވައިދަށް ގެނެސްފައިވާ ބަދަލާއެކު ލީގު ބުރުގެ އެންވަނަ ހޯދާ ދެ ޓީމަށް ސެމީ ފައިނަލަށް ދެވޭނެއެވެ. ސެމީގެ އަނެއް ދެ ޓީމު ކަނޑައަޅާނީ 3 ވަނަ ޓީމުން ފެށިގެން 6 ވަނަ ޓީމާ ދެމެދުގެ ޓީމުތަކުގެ މެދުގައި ކުޅެވޭ މެޗުތަކަކުންނެވެ. ލީގުގެ ޗެމްޕިއަން ޓީމަށް އޭއެފްސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެއެވެ.

ކޮވިޑާ ގުޅިގެން ސަޕޯޓަރުން ނުވައްދާ ކުރިއަށް ގެންދިޔަ 2 ސީޒަނަށް ފަހު މި ފަހަރުގެ ސީޒަން ކުރިއަށް ގެންދާނީ އާއްމުކޮށް ސަޕޯޓަރުންނަށް ވަދެވޭ ގޮތަށް އަދި ހޯމް އެންޑް އަވޭ އުސޫލުންނެވެ. މިދިޔަ ދެ ސީޒަންވެސް ގެންދިޔައީ އެ ގޮތަކަށް ނޫނެވެ.

އައިއެސްއެލްގެ ޓީމުތަކަކީ ދިވެހި ޓީމުތަކަށްވެސް ފަރިތަ ޓީމުތަކެކެވެ. އައިއެސްއެލްގައި ވާދަކުރާ ބެންގަލޫރު އެފްސީ، އޭޓީކޭ މޯހަން ބަގާން، އަދި އީސްޓް ބެންގޯލަކީ މީގެ ކުރިން ދިވެހި ކްލަބުތަކާ ދެކޮޅަށް މާލޭގައިވެސް ކުޅެފައިވާ ކުލަބުތަކެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް