ads
ކްރައިމިއާ ބުރިޖު ގޮއްވާލާފައިވާ މަންޒަރު
ކްރައިމިއާ ބުރިޖު ގޮއްވާލުމާއި އެކު ޔޫކްރެއިން ރައްޔިތުން އުފާ ފާޅުކުރަން ފަށައިފި
ރަޝިއާ އާއި ޔޫކްރޭންގެ ކްރައިމިއާއާ ގުޅުވައިދޭ ބުރިޖު ގޮއްވާލާ، ބުރިޖުގެ ބޮޑުބައެއް ހަލާކު ކޮށްލުމާއި އެކު ޔޫކްރެއިންގެ ރައްޔިތުން އުފާ ފާޅުކުރަން ފަށައިފި އެވެ.
Advertisement

މި ބުރިޖް ގޮއްވާލާފައިވަނީ، އިއްޔެ މެންދުރުގެ ވަގުތެއްގަ އެވެ. މި ބުރިޖަކީ ރަޝިއާއިން އެގައުމުގެ ސިފައިންނަށް ހަތިޔާރާއި، ކާބޯތަކެތި ފޯރުކޮށްދިނުމަށް ބޭނުންކުރާ ބުރިޖެވެ. އަދި މި ބުރިޖު ބޭނުން ކޮށްގެން ރަޝިއާ އިން ދިޔައީ، ޔޫކްރެއިން އަށް ހަމަލާ ދިނުމަށް ހަނގުރާމަ މަތީ އުޅަނދާއި، އެގައުމުގެ ސިފައިންވެސް ފޮނުވަމުންނެވެ. 

ޓްރަކް ބޮމެއް ބޭނުންކޮށްގެން މި ބުރިޖު ގޮއްވާލި ކަމަށް މިހާތަނަށް ބެލެވޭއިރު، ބުރިޖު ގޮއްވާލުމާއި އެކު ޔޫކްރެއިންގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ އުފާ ފާޅުކުރަމުންނެވެ. އެގޮތުން މިއީ، ރަޝިއާ އަށް ލިބުނު ދެރައެއް ކަމަށާއި، މިކަމުގެ ސަބަބުން ހަނގުރާމައިން ރަޝިއާ ބަލިކުރުމަށް ފަސޭހަވެގެން ދާނެ ކަމަށް އެގައުމުގެ ރައްޔިތުން ދަނީ ބުނަމުންނެވެ. 

މީގެ އިތުރުން ބުރިޖު ގޮއްވާލުމާއި އެކު ޔޫކްރެއިންގެ ދެވަނަ އަށް އެންމެ ބޮޑު ބޭންކުން ވަނީ، ބުރިޖު ގޮވާފައިވާ މަންޒަރު ފެންނަ ފޮޓޯ އެއް ބޭނުން ކޮށްގެން ކްރެޑިޓް ކާޑެއް ހަދާފަ އެވެ. އަދި މިއީ ޔޫކްރެއިން އަށް ލިބުނު ކާމިޔާބީގެ ރަމްޒަކަށް ބޭންކުން ވަނީ ހަދާފަ އެވެ. 

އެހެން ނަމަވެސް ރަޝިއާ އިން ވަނީ، ބުރިޖަށް ލިބުނު ގެއްލުން ވީ އެންމެ އަވަހަކަށް ހައްލު ކުރާނެކަން އިއްޔެގެ ވަގުތެއްގައި އިއުލާން ކޮށްފަ އެވެ. އަދި މިކަން ކުރި ބަޔަކަށް ރައްދުގައި ހަމަލާ ދޭނެ ކަމަށާއި، ބުރިޖު މަރާމާތު ކޮށް ނިމުމުން މިހާރު ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބުނެފަ އެވެ. 

ކްރައިމިއާ ބުރިޖު ގޮއްވާލުމުގެ ސަބަބުން ބުރިޖުގެ ބޮޑު ބައެއް ހަލާކުވެފައި ވާއިރު، މި ހާދިސާގައި މިހާތަނަށް ތިން މީހަކު މަރުވެފައި ވާކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. އަދި އެތައް ބަޔަކަށް އަނިޔާވެފައި ވާއިރު، އެ މީހުންނަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ. 

54%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް