ads
އެމެރިކާގެ ނެޝިނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝިއަސް ގެ ޑިރެކްޓަރު އެންތޮނީ ފައުޗީ
ކޮވިޑް-19 ގެ ނުރައްކާތެރި އާ ވޭރިއަންޓެއް ފެތުރިދާނެ ކަމުގެ އިންޒާރު ދީފި!
ކުރިއަށް އޮތް ފިނި މޫސުމުގައި ކޮވިޑް-19 ގެ ނުރައްކާތެރި އާ ވޭރިއަންޓެއް ހަލުވި ކަމާއި އެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ނެޝިނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝިއަސް ގެ ޑިރެކްޓަރު އެންތޮނީ ފައުޗީ ދީފި އެވެ.
Advertisement

އިއްޔެ އެމެރިކާގެ ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ފައުޗީ ވިދާޅުވީ، ކުރިއަށް އޮތް ފިނި މޫސުމުގައި ކޮވިޑްގެ އާ ވޭރިއަންޓެއް އެމެރިކާގެ ތެރޭގައި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެ ވޭރިއަންޓު ފެތުރިއްޖެނަމަ ދުނިޔޭގެ ގިނަ ހިސާބުތަކަކަށް އެ ވޭރިއަންޓު ހަލުވި ކަމާއި އެކު ފެތުރިގެން ހިނގައިދާނެ ކަމަށެވެ. 

އަދި މިއީ، މީގެ ކުރިން ފެނިފައި ނުވާ ވަރުގެ ކޮވިޑް-19ގެ ނުރައްކާތެރި ވޭރިއަންޓަކަށް ވެދާނެ ކަމަށާއި، މި ވޭރިއަންޓު އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ހަލުވި ކަމާއި އެކު ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ފައުޗީ ވިދާޅުވި އެވެ. 

ފައުޗީގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ބަލި ޖެހޭ މީހުންނާއި ބަލީގެ ސަބަބުން މަރުވާ މީހުންގެ އަދަދު ދުނިޔޭގެ ކަންކޮޅު ތަކުން މަދު ވެފައި ވާކަމަށާއި، އެހެން ނަމަވެސް މިއީ އަދި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އުވާލަންވީ ވަގުތު ނޫން ކަމަށެވެ. އަދި ކުރިއަށް އޮތީ ބަލީގެ ނުރައްކާ އިތުރުވެގެން ގޮސްދާނެ ދުވަސް ތަކެއް ކަމަށާއި، އެހެން ކަމުން މިކަމަށް ގައުމުތަކުން އިތުރަށް ސަމާލުވާން ޖެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ފަހަކަށް އައިސް ކޮވިޑް ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ނަމަ މިހާރު މި ބަލި ޖެހި ބަލީގެ ސަބަބުން މަރުވާ މީހުންގެ އަދަދު ވަނީ 68 އިންސައްތަ އަށް ދަަށަށް ގޮސްފަ އެވެ. 

އެހެން ނަމަވެސް ކޮވިޑްގެ އާ ވޭރިއަންޓެއް ފެތުރިއްޖެނަމަ މި އަދަދުތައް އިތުރުވެގެން ދާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މަސްދަރު:https://www.cnbc.com/2022/10/07/dr-fauci-new-more-dangerous-covid-variant-could-emerge-this-winter.html

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް