ads
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން--
ޗެެއިން އޮފް ކަސްޓަޑީއާ ގުޅޭ އާ އުސޫލެއް
މަސްތުވާތަކެތީގެ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީއާމެދު ސުވާލު އުފެދޭ ހާލަތުގައި އެކަމާގުޅޭ ގޮތުން ފުލުހުން ހާޒިރުކޮށްގެން ޗެއިން ކަށަވަރުކުރެވިދާނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ އުތްތަމަ ފަނޑިޔާރު ސޮއިކުރައްވައި މިއަދު ނެރުއްވި ޕްރެކްޓިސް ޑައިރެކްޝަނެއްގައެވެ.

ޗެއިން އޮފް ކަސްޓަޑީއަކީ މައްސަލަތަކުގައި ފުލުހުން ހޯދާ ހެއްކި، އެކަކު އަތުން އަނެކަކު އަތަށް ހަވާލުކުރުމުގައި ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އެތަކެތި ހަވާލުކުރާ ފަރާތާއި، ހަވާލުވާ ފަރާތުގެ މައުލޫމާތާއި، ތާރީހާއި، ގަޑި ލިޔެ، ރިކޯޑްކުރާ ރަސްމީ ލިޔުންތަކެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އެފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ޗެއިން އޮފް ކަސްޓަޑީ ނެތިގެން އެމީހުން ބަންދުން ދޫވުން ނުވަތަ ކުށް ސާބިތު ނުވުމުގެ މައްސަލަތަކެވެ.

ސުޕްރީމް ކޯޓުގެ "ޕްރެކްޓިސް ޑައިރެކްޝަން"ގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަހުލީލްކުރެވިފައިވަނީ، މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޒާޔަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިތޯ ކަށަވަރުކުރުމުގައި ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތްނަމަ، ނުވަތަ ޗެއިން އޮފް ކަސްޓަޑީއާމެދު ސުވާލު އުފެދޭ ފަދަ ކަމެއް އޮތްނަމަ، ޗެއިންއާއި ގުޅޭ އެންމެން ޝަރީޢަތަށް ޙާޒިރުކޮށް ކަށަވަރުކުރެވިދާނެކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް