އެންމެ ފަހުން ކާޖަލް މިވަނީ އޭނާގެ ދަރިފުޅުގެ މޫނުވެސް ދައްކާލާފައެވެ. ސޯސަލް މީޑިއާގައި ދަރިފުޅުގެ މޫނު ހާމަކުރީވެސް ފަސް މަސް ދުވަސް ފަހުންނެވެ. ނަމަވެސް, އޭނާ ފިރިމީހާއެކު މިއަދު އެއާޕޯޓަށް ދިޔަރިއު އޭނާގެ ފޭނުން ފޮޓޯނެގުމަށް ދަރިފުޅުގެ މޫނު ވަނީ ދައްކާލާފައެވެ. މިއީ ހަމަލޮލަށް އޭނާގެ ފޭނުންނަށް ދަރިފުޅު ދައްކާލި ފުރަތަމަ ފަހަރެވެ.
ކާޖަލް އޭނާގެ ދަރިފުޅާއެކު އެއާޕޯޓުގައި
ސެލެބްރިޓީން ދެކޭގޮތުގައި އެމީހުންގެ ދަރިންގެ މޫނު އެގޮތަށް ފޮޓޯ ނެގުމަކީ ޕްރައިވަސީއަށް އަރަގަތުމެވެ. ނަމަވެސް ކާޖަލް އޭނާގެ ދަރިފުޅުގެ ފޮޓޯނަގަން ހުޅުވާލުމުން ގިނަބަޔަކު ވަނީ އާޝޯހުވެފައެވެ.