ads
ނާސަރީއަށް ދިން ހަމަލާގައި ހަމައެކަނި ސަލާމަތްވި 3 އަހރުގެ
ތައިލޭންޑްގެ ނާސަރީ ހަމަލަ: 24 ކުދިންގެ ތެރެއިން ސަލާމަތްވި ހަމައެކަނި ކުއްޖާގެ ވާހަކަ
ތައިލެންޑްގެ އުތުރުގައި ހުންނަ ޑޭ ކެއާ ސެންޓަރެއްގައި އުމުރުން ތިން އަހަރުގެ ޕަވީނަތު ސްޕޮލްވޮންގް (އެމީ) އޭނާގެ ބެސްޓް ފްރެންޑްގެ ކައިރީގައި ނިދަން އޮއްވާ، ބަޑިއާއި ވަޅިހިފައިގެން ހުރި މީހަކު ވަނެވެ.

އުމުރުން ތިން އަހަރުގެ 11 ކުދިން ހިމެނޭ ކްލާހުގައި ތިބި ކުދިން އޭގެ އިރުކޮޅެއް ކުރިން ކުރެހުމާއި ލިއުމުގެ ކަންކަމުގައި އަވަދިނެތި އުޅެމުން ދިޔައެވެ. ތައިލޭންޑް ގަޑިން ހެނދުނު 10:00 ޖެހިއިރު ކުދިން އުޅެމުންދިޔަ އުފާވެރި މަންޒަރުތަކުގެ ފޮޓޯތައް ބެލެނިވެރިންނާ ވަނީ ހިއްސާ ކޮށްފައެވެ. 

އޭގެ ދެ ގަޑިއިރު ފަހުން، ކުދިން ނިދަންތިބި ގަޑީގައި، ކުރީގެ ފުލުސް އޮފިސަރެއް ކަމަށްވާ ޕަންޔާ ކަމްރަބް ވަނީ އިމާރާތަށް ވަދެ ހަމަލަދީފައެވެ. ފުރަތަމަ އޭނާ ބަޑިޖަހައި މަރާލީ އެތަނުގެ ސްޓާފުންނެވެ. އޭގެ ތެރޭގައި ބަނޑަށް 8 މަސްވެފައިވާ މާބަނޑު އަންހެނަކުވެސް ހިމެނެއެވެ. އެއަށްފަހު އޭނާ ހަމަލަ ދީފައިވަނީ ކިންޑަގާޓަން 3 ކްލާސްރޫމަށް ވަކިވަކިން ވަދެއެވެ.

އޭނާ ވަނީ ނިދާފައި ތިއްބައި އެމީގެ ހުރިހާ އެކުވެރިން މަރާލާފައެވެ.

އެމީ ސަލާމަތްވީ އަޖައިބެފަދަ ގޮތަކަށެވެ. އާއިލާއިން ބުނާގޮތުގައި އޭނާ އަކީ އެހާ ނިދި ގަދަ ކުއްޖެއް ނޫން ކަމަށެވެ. އެހެންނަމަވެސް ބަޑި ހިފައިގެން ހަމަލަދިން ފުލުސް މީހާ އައި ވަގުތު އެމީ އޮތީ ކްލާހުގެ ކަނެއްގައެވެ. މޫނުމަތީގައި ރަޖާ އަޅައިގެން ގަދަނިދީގައެވެ. 

your imageމަރުވި ކުއްޖެއްގެ މަންމަ

އޭނާގެ ބޮޑުބޭބެ، 59 އަހަރުގެ ސޮމްސަކް ސްރިތޮންގް ބުނިގޮތުގައި އޭނާއަށް ވެގެންއުޅޭ ގޮތެއް އެއްގޮތަކަށްވެސް ނޭނގި، ހުރީ ޝޮކެއްގައެވެ.

އެތަނަށް ދިޔަ ޕޮލިސް އޮފިސަރަކު ވަނީ އެމީގެ މޫނު ނިވައިކޮށްގެން ގެންގޮސްފައެވެ. އެހެންކަމުން އޭނާއަށް އެއްވެސް ލެއެއް ފެންނަ ގޮތެއް ނުވެއެވެ. އެހެންކަމުން އެމީ ހީކުރީ އޭނާގެ އެކުވެރިން ތިބީ ނިދާފައި ކަމަށެވެ. 

ރެސްކިއު ޓީމުން ވަނީ އެމީ ދެވަނަ ފަންގިފިލާއަށް ގެންގޮސް އެ ބިރުވެރިކަމުން އޭނާ ސަލާމަތް ކޮށްފައެވެ. ދެން ބަޔަކު ދިރި ތިއްބާ ފެނިދާނެ ކަމުގެ އުއްމީދުގައި ދެންހުރި ދެ ކްލާސްރޫމްތައް އެމީހުން ފާސްކުރިއެވެ. 

ބުރާސްފަތި ދުވަހު ނޮންގް ބުއާ ލަމްޕޫގައި ހިންގި މި ޖަރީމާގައި، ދިރިހުރި ހަމައެކަނި ކުޑަކުއްޖަކީ އެމީއެވެ. މި ހާދިސާގައި 37 މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ހަމަލާދިން މީހާގެ އަންހެނުންނާއި ފިރިހެން ދަރިފުޅުވެސް ހިމެނެއެވެ. ޖުމްލަ 24 ކުޑަކުދިން ވަނީ މަރުވެފައެވެ.

އޭނާ ސަލާމަތްވީތީ ވަރަށް ބޮޑަށް އުފާ ކުރާ ކަމަށާއި  އެންމެ ފުރަތަމަ އެމީ ފެނުމާއެކު އޭނާގައިގައި ވަރަށް ބާރަށް ބައްދައިގަނެ، ހިފެހެއްޓީ ކަމަށް ފުލުސްމީހާ ބުންޏެވެ.

އެމީގެ މަންމަ، 35 އަހަރުގެ ޕަނޮމްޕާއީ ސްރިތޮންގް މިދިޔަ ހަފްތާގައި މަސައްކަތް ކުރީ ބެންކޮކްގަ އެވެ. އެ ސެންޓަރުގައި ތިބި ހުރިހާ ކުދިން ވެސް މަރުވެފައިވާ ކަމާއި އެހެންނަމަވެސް އޭނާގެ ދަރިފުޅު ސަލާމަތް ވެފައިވާކަން އޭނާއަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

އެމީގެ މަންމަބުނީ ހިތަށް ފިނިކަމެއް ލިބުނީ ވީޑިއޯކޯލަކުން އެމީއާއި ބައްދަލުވުމުން ކަމަށެވެ. 

ތައިލޭންޑްގެ އެ ކުޑަކުޑަ ސިޓީ އަކީ މިހާރު ހިތާމަވެރި އާއިލާތަކުން ފުރިފައިވާ ސިޓީއެކެވެ. އެހެންކަމުން ފުރަތަމަ ދެތިންދުވަހު އެމީގެ މާމަމެން ތިބީ އެމީއަށް އެވާހަކަތައް ކިޔައިދޭނެ ގޮތެއް ނޭނގިފައެވެ.

ބަގީޗާގައި އޭނާ ވަގުތު ހޭދަކުރަމުން ދާއިރު އެވާހަކަތައް އެމީއަށް އޭނާގެ މާމަމެން ކިޔައިދޭން ފެށިއެވެ. އެހިސާބުން އޭނާގެ ބެސްޓް ފްރެންޑް، ތިން އަހަރުގެ ޕަޓަރަވުތު، އާބެހޭ ގޮތުން ސުވާލުކުރަން ފެށިއެވެ. 

your imageނާސަރީ އަށް ދިން ހަމަލާގައި ވަނީ 24 ކުދިން މަރުވެފައި

އެންމެ ފަހުން އޭނާގެ މާމަ ، އޭނާގެ ސްކޫލް އެކުވެރިންނާއި އާންޓީވެސް މަރުވި ވާހަކަ އެމީއަށް  ކިޔައިދިނެވެ. 

އެކަމަކު ކޮންމެ ދުވަހަކުވެސް ސްކޫލަށްދާން އެމީ ބޭނުންވެއެވެ. މަންމަމެން މަރާބެހޭ ގޮތުން ދައްކާ ވާހަކަތައް ދެނެގަންނަން އެނގޭވަރަށްވުރެ އެމީ ކުޑައެވެ. އެހެންކަމުން އެވާހަކަތައް ތަކުރާރުކޮށް ކޮންމެ ދުވަހަކު ކިޔައިދޭން ޖެހެއެވެ. 

ތައިލެންޑްގެ އުތުރު އިރުމަތީ ގައި އޮންނަ މި ކުޑަކުޑަ ރޫރަލް ޓައުނުން މަސައްކަތް ކުރަނީ އެ ހިތާމައިގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީތެރިވެދިނުމަށެވެ. އެކަމަކު ނުރައްކާތެރި ހަތިޔާރު ގިނައަދަދަކަށް ލިބެން ހުރުމާއި، މަސްތުވާތަކެތީގެ ވަބާގައި އެ ޤައުމު ޖެހިފައިވާ މިންވަރާ މެދުވެސް ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

"ބެލެނިވެރިން އެބަ ސުވާލުކުރޭ، ދަރިންނަށް ރައްކާތެރި ތަނެއް ކޮބައިތޯ؟، އަހަރެން ވަރަށް ހިތާމަކުރަން އަދި ޒިންމާ އަދާކުރާ ފަރާތްތަކުން އަހަރެމެންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެދެން،" އެމީގެ ބޮޑުބޭބެ ވީރާޗައި ސްރީތޮންގް އާދޭސް ކުރިއެވެ.

17%
ކަމުގޮސްފި
47%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް