ads
ކޯސްޓްގާޑުން އާއްމު ކުރި ފޮޓޯ
މިންހާޖު ހޯދަން އަނެއްކާވެސް ބޮޑު ސަރަހައްދެއް ބަލައިފި
ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ސ. ހިތަދޫ މިންހާ، މުހައްމަދު މިންހާޖު ހޯދުމަށް އަނެއްކާވެސް ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

ފުލުހުން މިއަދު ބުނީ އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލައި، ގެއްލުނު މީހާ ހޯދުމަށް މިހާތަނަށް 87.6 ސްކޮޔާ މޭލުގެ ސަރަހަދެއް ބަލާފައިވާ ކަމަށެވެ. ފުލުހުން މިއަދު މިހެން ބުނި އިރު އެމްއެންޑީއެފުންވެސް ބުނީ މިންހާޖު ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުން ހުއްޓާނުލައި ކުރަމުންދާ ކަމަށެވެ.

މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބާ ކުރާ ނަމަ 9931082 ގެ އިތުރުން ފެކްސް ކުރާ ނަމަ 3391665 ނަމްބަރަށް ފެކްސް ކުރުމަށް އެމްއެންޑީއެފުން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް