ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި
ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ތިރިގެ، ލޮކްސަބާގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު މިއަދު މަޝްވަރާކޮށްފި އެވެ.
Advertisement

ކޮމަންވެލްތު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހަ ދުވަހުގެ މުއްދަތަކަށް އިއްޔެ އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله މިއަދު ވަނީ، ލޮކްސަބާގެ ރައީސް އޯމް ބިރުލާގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެފަދަ ކޮންފަރެންސެއް ރާވާ އިންތިޒާމުކުރުމަކީ ގާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން ހަރުދަނާ ކުރުމަށް ލޮކް ސާބާއިން ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި އަބްދުއްރަހީމް ވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ލޮކް ސަބާގެ ރައީސް، އޯމް ބިރްލާވަނީ، އިންޑިއާއިން ޕާލިމެންޓް ޑިޖިޓަލައިޒްކުރުމުގައި ހޯދާފައިވާ ކުރިއެރުންތަކާއި މުވައްޒަފުން ތަމްރީނުކުރުމުގައި ލޮކްސަބާގެ ޕާލިމެންޓަރީ ރިސާޗް އެންޑް ޓްރޭނިން އިންސްޓިޓިއުޓް ފޯ ޑިމޮކްރަސީސް (ޕްރައިޑް) ގެ ދައުރަށް އަލިއަޅުއްވާލައްވާފަ އެވެ. 

އަދި، ޑިޖިޓަލް އިނޮވޭޝަންތަކާއި އެހެނިހެން މުހިންމު ދާއިރާތަކުގެ ތަޖުރިބާ ދިވެހިރާއްޖެއާ ހިއްސާކުރުމަށް އިންޑިއާއިން ތައްޔާރަށް އޮތްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ކަށަވަރުކޮށްދެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް