ads
ފެމިލީ ކޯޓް--
މިދިޔަ މަހު މާލޭ ސަރަހައްދުގައި 100 އަށްވުރެ ގިނަ ވަރި
ހުސްވި ސެޕްޓެމްބަރު މަހު މާލެ ސަރަހައްދުން 100 އަށް ވުރެ ގިނަ ވަރި ކޮށްފައި ވާކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

ރާއްޖެއަކީ އަބަދުވެސް ވަރީގެ ނިސްބަތް ގިނަ ގައުމެކެވެ. އެގޮތުން މީގެ ކުރިން ހެދި ދިރާސާތަކުން އެންމެ ވަރި ގިނަ ގައުމު ތަކުގެ ލިސްޓުން ކުރި ރާއްޖެ ވަނީ ހޯދާފަ އެވެ. 

ފެމިލީ ކޯޓުން އާއްމު ކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މާލެ ސަރަހައްދުގައި ވަނީ، 153 ކައިވެންޏެއް ކޮށްފަ އެވެ. އެހެން ނަމަވެސް ހަމަ މިދިޔަ މަހު މާލެ ސަރަހައްދުން ވަނީ 102 މީހަކު ވަރިކޮށްފަ އެވެ. އަދި މިދިޔަ މަހު އެ ކޯޓަށް އެންމެ ގިނައިން ހުށަހެޅީ ވަރީގެ ކަންކަމާއި ގުޅޭ މައްސަލަތައް ކަމަށްވެސް އެ ކޯޓުން ވަނީ ބުނެފަ އެވެ. 

އެ ކޯޓުގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ވަރިއާއި ގުޅޭ 134 މައްސަލައެއް ވަނީ އެ ކޯޓަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ވަރި ސާބިތު ކުރުމަށް 46 މައްސަލައެއް އަދި ވަރި ކުރުމަށް 24 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. 

މީގެ އިތުރުން އެ ކޯޓުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓު މަސް ނިމުނު އިރު، ނުނިމު ހުރި މައްސަލަތަކާއި އެކު މިދިޔަ މަހު ވަރީގެ 141 މައްސަލައެއް ކޯޓުން ވަނީ ނިންމާފަ އެވެ. 

މީގެ އިތުރުން ދެން އެ ކޯޓުން އެންމެ ގިނައިން ނިންމާފައިވަނީ، ދަރިންގެ ހަލާނާތުގެ މައްސަލަތަކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް