ads
އުތުރު ކޮރެއާއިން މިސައިލެއް ފޮނުވާލާ މަންޒަރު
މިސައިލް ޓެސްޓް ކުރަނީ ދެކުނު ކޮރެއާއަށް ހަމަލަދޭން: އުތުރު ކޮރެއާ
އުތުރު ކޮރެއާއިން މިސައިލްތައް ޓެސްޓު ކުރަމުން ގެންދަނީ ދެކުނު ކޮރެއާގެ ޓާގެޓްތަކަކަށް ހަމަލަދޭން ކަމަށް އުތުރު ކޮރެއާއިން ބުނެފިއެވެ.

މިސައިލްޓެސްޓު ތަކާބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނެ އޮތުމަށްފަހު، އެގައުމުން ބުނެފައިވަނީ މިސައިލްޓެސްޓުތައް ކުރިއަށް ގެންދަނީ އެގައުމުގެ ލީޑަރު ކިމްޖޮން އުންގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށެވެ. 

ކިމްގެ ސަރުކާރުން މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ހަތް ފަހަރެއްގެ މަތިން ބެލިސްޓިކް މިސައިލް ޓެސްޓްކޮށްފައިވެއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ވިދާޅުވަނީ އެމެރިކާ، ޖަޕާން އަދި ދެކުނު ކޮރެއާ ގުޅިގެން އެސަރަހައްދުގައި މިހާރު ކުރިއަށް ގެންދާ މިލިޓަރީ ޑްރިލް ތަކުގެ ސަރަހައްދުގައި ސަބަބުން ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ. އެހެންކަމުން އެހިންގާ ހަރަކާތްތަކަށް ރައްދު ދިނުމަށް އުތުރު ކޮރެއާގެ ފައުޖުތައް އޮތީ ތައްޔާރަށް ކަމަށް ކިމްވަނީ ވިދާޅުވެފައެވެ. 

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ބުނީ އެގައުމުގެ ޓެކްޓިކަލް ނިއުކްލިއާ އޮޕަރޭޝަން ޔުނިޓްގެ ސިލްސިލާ ހަތް ޑްރިލްއިން ދައްކާ ގޮތުގައި އެ ގައުމުގެ ނިއުކްލިއާ ހަނގުރާމަވެރި ފައުޖުތައް އޮތީ ކަނޑައެޅިފައިވާ ވަގުތުގައި ކަނޑައެޅިފައިވާ ޓާގެޓްތަކަށް ހަމަލަދޭން ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

އީސްޓް އޭޝިއާ ނޮން ޕްރޮލިފަރޭޝަން ޕްރޮގްރާމްގެ ޑިރެކްޓަރު އަދި މިޑްލްބަރީ އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް ސްޓަޑީޒްގެ ޕްރޮފެސަރު ޖެފްރީ ލުއިސް ވިދާޅުވީ އުތުރު ކޮރެއާގެ މިސައިލް ޕްރޮގްރާމަށް ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ. 

އޭނާ ވިދާޅުވީ މިފަހަރުގެ އޮޕަރޭޝަން ތަކަކީ މިސައިލްޓެސްޓް ތަކަކަށްވުރެ ބޮޑަށް އަސްކަރީ ވަކި ޔުނިޓަކުން ކުރާކަމެއް ކަމުގައި ފާހަގަ ކުރެވޭ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް