ads
ރައީސް މުހައްމަދު ނަޝީދު
އައިއެމްއެފްގެ ބައްދަލުވުމެއްގަައި ބައިވެރިވުމަށް ރައީސް ނަޝީދު އެމެރިކާއަށް
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމެރިކާއަށް ފުރާވަޑައިގަތުމަށް ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ވޯލްޑް ބޭންކާއި އައިއެމްއެފް އިން ބާއްވާ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި، އެހެން ކަމުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިރޭ އެމެރިކާގެ ވޮޝިންޓަން އަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށެވެ. 

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މި ބައްދަލުވުމުގެ ހަރަދުތައް ބަލަހައްޓަނީ، ކްލައިމެޓް ވޮނަރަބަލް ފޯރަމް (ސީވީއެފް)ގެ ފަރާތުން ކަމަށާއި، އެ ފޯރަމުގައި ސީވީއެފްގެ ފަރާތުން 20 ފައިނޭންސް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާކަމަށެވެ.

ޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ތަރައްގީ ވަމުން އަންނަ ގައުމުތަކަށް އިގްތިސާދީ ގޮތުން ބޮޑެތި ހުރަސްތަކެއް ކުރިމަތި ވަމުން އަންނަ ކަމަށާއި، ބޮޑެތި ލޮޅުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. 

އަދި މިކަމަކީ ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ފުންކޮށް ވިސްނަން ޖެހޭ ކަންކަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް