ads
ނޯޑް ސްޓްރީމް 2ގެ ބޭނުން ނުކޮށް ހުރި ހޮޅިތަކެއް
ރަޝިޔާ އޮތީ އީޔޫއަށް ގޭސް ސަޕްލައި ކުރަން ތައްޔާރަށް: ޕުޓިން
ނޯޑް ސްޓރީމް 2 މެދުވެރިކޮށް ޔޫރަޕަށް ގޭސް ސަޕްލައިކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށް ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ރައީސް ޕުޓިން ބުދަ ދުވަހު ވިދާޅުވީ، އެކަމަށް ރަޝިޔާ އޮތީ ތައްޔާރަށް ކަމަށާއި، ނަމަވެސް ގޮތް ނިންމާނީ އީޔޫ އިންކަމަށެވެ.

ރަޝިޔާއިން އޮތީ ގޭސް ސަޕްލައި ކުރަން ތައްޔާރަށް ކަމަށާއި، އެހެންނަމަވެސް ބޯޅަ އޮތީ އީޔޫގެ ކޯޓްގައިކަމަށް ޕުޓިން ވިދާޅުވިއެވެ. އަދި  އެމީހުން ބޭނުންނަމަ ހަމަ ޓެޕް ހުޅުވާލަންވީ ކަމަށް ރަޝިއާގެ އެނާޖީ ވީކް ފޯރަމްގައި ދެއްވި އަހަރީ ތަގުރީރުގައި ޕުޓިން ވިދާޅުވި އެވެ. 

ޕައިޕްލައިންތައް ކޮމާޝަލް އޮޕަރޭޝަންތަކަށް އަދި ބޭނުމެއް ނުކުރެއެވެ. ގޭސް ސަޕްލައި ކުރުމަށް ބޭނުން ކުރުމުގެ ޕްލޭން ޖަރުމަނުން އުވާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިންއަށް ސިފައިން ފޮނުވުމުގެ ދުވަސްތަކެއް ކުރިންނެވެ.

ނޯޑް ސްޓްރީމް 2 ޕައިޕްލައިން އަކީ ރަޝިއާގެ ގޭސް އީޔޫއަށް ގެންދިޔުމަށް ފަރުމާކޮށްފައިވާ މަލްޓިމިލިޔަން ޑޮލަރެއްގެ މަޝްރޫއެކެވެ. އެއީ އަހަރަކު 55 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ޑެލިވަރީ ކުރުމަށް ފަރުމާކޮށްފައިވާ ގޭސްހޮޅިއެކެވެ. އެއީ ޖަރުމަނުގެ ޖަރުމަނުން އަހަރަކު ބޭނުންކުރާ ގޭހުގެ 50 އިންސައްތައަށްވުރެ ވުރެ ބޮޑު އަދަދެކެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް