ads
ޔޫކްރެއިނަށް ހަތިޔާރު ފޮނުވާނެ ކަމަށް ނޭޓޯއިން ވަނީ ބުނެފައި
ނޭޓޯއިން ވައިގެ ދިފާއީ ހަތިޔާރު ޔޫކްރެއިނަށް ފޮނުވަން ނިންމައިފި
ޔޫކްރެއިންގައި މިހާރު ކުރިއަށްދާ ހަނގުރާމައިގައި ޔޫކްރެއިނަށް ވައިގެ ދިފާއީ ހަތިޔާރު ފޮނުވަން ނޭޓޯއިން ނިންމައިފިއެވެ.

ރަޝިޔާގެ މިސައިލް ހަމަލާތައް ވޭތުވެދިޔަ ދެދުވަހު ވަނީ ޔޫކްރެއިންގެ އެކިސަރަހައްދު ތަކަށް ދީފައެވެ. އެހެންވެ، ނޭޓޯގެ ބައިވެރިން ވަނީ ޔޫކްރެއިނަށް ކުރިއަރާފައިވާ ވައިގެ ދިފާޢީ ހަތިޔާރު ތައް ފޮނުވާނެކަން އިޢުލާނު ކޮށްފައެވެ.

އިނގިރޭސިވިލާތް، ކެނެޑާ، ފަރަންސޭސިވިލާތް އަދި ނެދަލޭންޑްސްއިން ފޮނުވާނެ ކަމަށް ބުނެފައިވާ ހަތިޔާރުގެ ތެރޭގައި މިސައިލާއި ރާޑަރުތައް ހިމެނެއެވެ. އެމެރިކާއިން ވެސް މީގެ ކުރިން ވަނީ ވައިގެ ދިފާއީ ހަތިޔާރު ފޮނުވާނެ ކަމަށް ބުނެފައެވެ. ޖަރުމަނުގެ އެއް ހައިޓެކް ސިސްޓަމް މިހާރުވަނީ ޔޫކްރެއިނަށް ފޮނުވާފައެވެ.

ގައުމުތަކުން ހަތިޔާރު ފޮނުވަން ނިންމާފައިވަނީ 50 ގައުމެއްގެ ބްރަސަލްސްގައި ހުންނަ ނޭޓޯގެ މައި މަރުކަޒުގައި ބައްދަލު ކުރުމަށްފަހުއެވެ.

ޔޫކްރެއިންނުން ވަނީ މި ސަމިޓަކީ ތާރީހީ ސަމިޓެއް ކަމަށްބުނެ ގައުމުތަކަށް ތައުރީފު ކޮށްފައެވެ.

މި ނިންމުން ނިންމުމުގެ ގަޑިއިރުތަކެއް ފަހުން މިއަދު ހެނދުނު ރަޝިޔާގެ ބޮމުގެ ހަމަލާތައް ދެކުނުގެ ސިޓީއެއް ކަމަށްވާ މައިކޮލިވްއަށް ދީފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް