ads
ޓައިވާން ސިފައިން ފަރިތަކުރުން ތަކެއްގައި
ޗައިނާއިން ޓައިވާނުގެ ވައިގެ ސަރަހައްދަށް ވަދެއްޖެނަމަ ހަމަލަދޭނެ ކަމަށް ބުނެފި
ޗައިނާއިން ޓައިވާނުގެ ވައިގެ ސަރަހައްދަށް ވަދެއްޖެ ނަމަ ޓައިވާނުން ހަމަލަ ދޭނެ ކަމަށާއި، އެ ހަމަލަ ވާނީ ޓައިވާނުން ޗައިނާއަށްދޭ ފުރަތަމަ ހަމަލަ ކަމަށް ޓައިވާނުން ބުނެފިއެވެ.
Advertisement

ޓައިވާންއިން ބުނީ ވައިގެ ސަރަހައްދަށް ވަދެގަންނަ ޗައިނާގެ މަތިންދާ ބޯޓްތަކާއި ޑްރޯންތައް ވައްޓާލާނެ ކަމަށާއި، އެފަދަ ވަދެގަތުންތަކަކީ ޗައިނާއިން ޓައިވާނާއި ދެކޮޅަށްދޭ ހަމަލަތައް ކަމަށް ބަލާނެ ކަމަށް ބުނެފައެވެ. 

އަދި އިންޒާރުތައް ދިނުމަށްފަހު އެކަމަށް އިޖާބަ ނުދީފި ނަމަ އެބޯޓުތަކަށް ހަމަލަދީ ވައްޓާލާނެ ކަމަށް ޓައިވާނުގެ ދިފާއީ ވަޒީރު  ޗިއު ކުއޯ-ޗެންގް ވަނީ ވިދާޅުވެފައެވެ. 

ޗިއު ވިދާޅުވީ އަސްކަރިއްޔާއިން އެންމެ ފުރަތަމަ އަންނާނީ އަންނަ ޑްރޯން ނުވަތަ މަތިންދާބޯޓުތަކަށް އިންޒާރު ދެމުން ކަމަށާއި އެ އިންޒާރު ތަކަށް ފަހުވެސް ޓައިވާނުގެ ވައިގެ ސަރަހައްދު ދޫކޮށް ނުދާނަމަ ދިފާއުގައި ހަމަލަ ދޭނެ ކަމަށެވެ. 

އޭގެ މާނައަކީ ޗައިނާ އާއި ޓައިވާނު ހަނގުރާމަ ފެށުންތޯ ސުވާލު ކުރުމުން ޗިއު ވަނީ އެކަމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި ވިދާޅުވީ އެހާލަތުގައި ވަރަށް ސީރިއަސް ވާނެ ކަމަށާއި، އެކަމަށް މިލިޓަރީ ތައްޔާރުވަމުންދާ ކަމަށެވެ.

ޓައިވާންގެ ވައިގެ ސަރަހައްދަށް  ޗައިނާގެ ޑްރޯންތައް ތަކުރާރުކޮށް ވަދެ އުދުހުން އިތުރުވެފައިވާތީ ވަރަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިކުރުވާފައިވާ ކަމަށް ޗިއުވަނީ ވިދާޅުވެފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް