ads
މީގެ ކުރިން ބަނގުރާ ކެއްކި ގެއެއްގެ ތެރެ——ފޮޓޯ: ސޯޝަލް މީޑިއާ
ބަނގުރާ ކެއްކި މައްސަލާގައި ބިދޭސީއަކު ހައްޔަރުކޮށްފި
މާލޭގެ ގެއެއްގައި ބަނގުރާ ކެއްކި މައްސަލާގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ހެނދުނު ބުނިގޮތުގައި ހެންވޭރު ރޯޝަނީ މަގުގައި ހުރި ގެއެއްގެ ތެރެއިން ދުން އަރަމުން ދާކަމުގެ ރިޕޯޓް ހެނދުނު 06:12 ހާއިރު ލިބިފައިވެއެވެ. 

އެކަމާއި ގުޅިގެން ފުލުހުންނާއި ސިފައިން އެ ގެއަށް ގޮސް، އެތެރެއަށް ވަންނަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން، އެގެއަށް ވަދެފައިވަނީ ބާރުގެ ބޭނުން ކޮށްގެން ދޮރު ހަލާކު ކޮށްލުމަށް ފަހު އެވެ. ގޭތެރެއަށް ވަދެ ބެލުމުން އެގިފައިވަނީ، ދުން އަރަމުން ދިޔައީ އޭގެތެރޭގައި ބަނގުރާ ކައްކަމުން ދިއުމުން ކަމަށް ފުލުހުން މިއަދު ބުންޏެވެ. 

އެކަމާއި ގުޅިގެން ފުލުހުން ދާދި ދެންމެއަކު ބުނީ އެމައްސަލާގައި 34 އަހަރުގެ ބިދޭސީއަކު އެ ގޭ ތެރެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެމައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ. ފުލުހުން މިމައްސަލަ ދަނީ ތަހުގީގުކުރަމުން ނެވެ.

މާލޭ ގޭގެތެރޭ ބަނގުރާ ކައްކާ މައްސަލަތަކުގައި މީގެކުރިންވެސް އެކިފަހަރުމަތިން ބިދޭސީން ވަނީ ހައްޔަރުކޮށްފަ އެވެ.

އެގޮތުން މައްޗަންގޯޅި ގެއެއްގައި ދިރިއުޅޭ ބަޔަކު ބަނގުރާ ތައްޔާރުކޮށް އޭގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން 2019 ވަނަ އަހަރު ހިންގި އޮޕަރޭޝަނެއްގައި އަށް ބިދޭސީއަކު ހައްޔަރުކޮށްފައި ވެއެވެ. 

your image2019 ވަނަ އަހަރު ހިންގި އޮޕަރޭޝަނުގެ ތެރެއިން ފެނުނު ބަނގުރާ——

އެފަހަރު އެ ގެ ބަލާފާސްކުރި، ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއް އަޅާފައި ހުރި 500 އެމްއެލްގެ 888 ޕްލާސްޓިކް ފުޅީގެ އިތުރުން ފަސް ލީޓަރުގެ ހަ ޕްލާސްޓިކް ފުޅި އާއި 14 ޓައްޕު ފެނިފައިވެއެވެ.

40%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް