ads
ގާޒީ އިބްރާހީމް މާހިރު
ފެމިލީ ކޯޓުގެ އިސްގާޒީގެ މަގާމަށް މާހިރު އައްޔަންކޮށްފި
ފެމިލީ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވާ ފަނޑިޔާރު އިބްރާހިމް މާހިރު އެކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަންކޮށްފި އެވެ.

ޖޭއެސްސީން  ބުނީ، ފެމިލީ ކޯޓަށް އިސް ގާޒީއަކު ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގެ ދަށުން އެކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާއި ”ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ“އިން އިންޓަވިއުކުރުމަށްފަހު އެ މަގާމަށަ އައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާފައިވަނީ ފަނޑިޔާރު މާހިރު ކަމަށެވެ. 

އޭނާ ފެމިލީ ކޯޓުގެ އިސްގާޒީކަމަށް އައްޔަންކުރުމަށް ފެންނަކަމަށް ނިންމާފައިވަނީ މިމަހުގެ ފަސްވަނަ ދުވަހު ބޭއްވުނު އެކޮމިޝަންގެ 69 ވަނަ ބައްދަލުވުމުގައެވެ. 

ދެހާސް ފަސްވަނަ އަހަރު ނޮވެންބަރު ނުވަ ވަނަ ދުވަހު ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރެވުނު މާހިރު އެންމެ ފުރަތަމަ ހުންނެވީ މަދަނީ ކޯޓުގެ  ފަނޑިޔާރުކަމުގެ މަގާމުގަ އެވެ. އެއަށްފަހު ފެމިލީ ކޯޓުގެ ގާޒީކަމަށް ބަދަލުވެފައިވަނީ 2010 މޭ 23 ވަނަ ދުވަހު އެވެ. ފެމެލީ ކޯޓުގެ ގާޒީކަމުގެ މަގާމުގައި 12 އަހަރު ދުވަހަށްވުރެ ދިގުމުއްދަތެއްގައި މާހިރުވަނީ ހިދުމަތް ކުރައްވާފަ އެވެ. 

ފެމިލީ ކޯޓްގެ އިސް ގާޒީގެ މުސާރައަކީ 31,000 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 1,375 ރުފިޔާ ލިބެ އެވެ.

ފެމިލީކޯޓުގެ އިސް ގާޒީގެ ގޮތުގައި އެންމެ ފަހުން ހުންނެވީ، ހުޒައިފާ މުހައްމަދު އެވެ. އެމަގާމު ހުސްވީ، އޭނާ މިދިޔަ ޖޫން މަހުގެތެރޭގައި ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރެއްވުމާއި ގުޅިގެންނެވެ. 

އެޔަށްފަހު ހިންގުން ވަގުތީގޮތުން މާހިރު އާއި ހަވާލުކުރި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް