ads
ސީރިޔާ ކުޑަކުދިން ޓިކްޓޮކްގައި
ސީރިއާ ފަގީރުން ސަލާން ޖައހަިގެން ލިބޭ ފައިސާ ޓިކްޓޮކުން ދަމައިގަންނަނީ
ފަގީރުން ސަލާން ޖަހައިގެން ލިބޭ ފައިސާގެ 70 އިންސައްތަ ނަގަނީ ޓިކްޓޮކުން
ބީބީސީ؛ ސީރިއާގެ ހާލުގައި ޖެހިފައިވާ ކުޑަކުދިން އެތައް ގަޑިއިރެއް ވަންދެން ސޯޝަލް މީޑިއާ އެޕް-ޓިކްޓޮކް ގައި ލައިވް ސްޓްރީމް ކުރަމުން ދަނީ ފައިސާގެ އަގު ހުރި ޑިޖިޓަލް ހަދިޔާތަކަށް އެދި އެވެ.

ގަޑިއަކު 1،000 ޑޮލަރު (900 ޕައުންޑް) އާ ހަމައަށް އާމްދަނީ ލިބޭ ސްޓްރީމްތަކުން ކޭމްޕްތަކުގައި ތިބި މީހުންނަށް ލިބެނީ ވަރަށް ކުޑަ ކުޑަ މިންވަރެކެވެ.

ޓިކްޓޮކްއިން ބުނީ ނަހަމަ ގޮތުގައި ސަލާންޖަހާ މީހުންނާ ދެކޮޅަށް އަވަސް ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ މި ބާވަތުގެ ކޮންޓެންޓް އެ ކުންފުނީގެ ޕްލެޓްފޯމުގައި ހުއްދަ ނޫން ކަމަށާއި ޑިޖިޓަލް ހަދިޔާތަކުން އެ ކުންފުނީގެ ކޮމިޝަން 70 ޕަސެންޓަށް ވުރެ މައްޗަށް ނުނަގާ ކަމަށެވެ. ނަމަވެސް އެއީ ސީދާ އަދަދުކަން ކަން ކަށަވަރު ކޮށެއް ނުދެއެވެ.

މިއަހަރުގެ ކުރީކޮޅު ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުން ވަނީ ސީރިޔާގެ ކޭމްޕްތަކުގައި ތިބި އާއިލާތަކުގެ ލައިވްސްޓްރީމް ތަކުން އެމީހުންގެ ފީޑްތައް ފުރި، ބައެއް ބެލުންތެރިންގެ ތާއީދު ދަމައިގަނެފައެވެ. އަދި ބައެއްމީހުން ވަނީ ސްކޭމްތަކާ މެދު ކަންބޮޑުވާ ކަމަށްވެސް ބުނެފައެވެ.

ހުޅަނގު އުތުރު ސީރިއާގެ ކޭމްޕްތަކުގައި މި ޓްރެންޑަށް މަގުފަހިކޮށްދެމުން ދަނީ ޓިކްޓޮކް މިޑްލްމޭނުންނެވެ. އެމީހުން މެދުވެރިވެގެން އާއިލާތަކަށް ލައިވްކުރުމަށް ބޭނުންވާ ފޯނާއި އާލާތްތައް ފޯރުކޮށްދެމުން ދެއެވެ.

މިޑްލްމަނުން ބުނީ އެމީހުން މަސައްކަތްކުރަނީ ޗައިނާއާއި މެދުއިރުމަތީގެ ޓިކްޓޮކްއާ ގުޅުން ހުރި އެޖެންސީތަކާ ގުޅިގެން ކަމަށާއި، އެ އޭޖެންސީތައް މެދުވެރިވެގެން ސަބަބުން އެ އާއިލާތަކަށް ޓިކްޓޮކް އެކައުންޓްތަކަށް އެކްސެސް ދީފައިވާ ކަމަށެވެ. މި އޭޖެންސީތަކަކީ ޓިކްޓޮކްގެ ގްލޯބަލް ސްޓްރެޓެޖީގެ ދަށުން ލައިވްސްޓްރީމްކުރާ ފަރާތްތައް ރެކްރޫޓްކޮށް، އެޕް ބޭނުންކުރާ ފަރާތްތަކަށް އިތުރު ވަގުތު ހޭދަކުރުމަށް ބާރުއަޅާ އޭޖެންސީތަކެކެވެ.

ޓިކްޓޮކް އެލްގޮރިދަމް އިން ކޮންޓެންޓް ދައްކުވައިދެނީ ޔޫޒަރެއްގެ ފޯނު ނަމްބަރުގެ ޖިއޮގްރަފިކަލް އޮރިޖިންއަށް ބިނާކޮށް ކަމަށްވާތީ، މިޑްލްމަނުން ބުނީ އެމީހުން އިސްކަންދެނީ ބްރިޓިޝް ސިމް ކާޑުތައް ބޭނުން ކުރުމަށް ކަމަށެވެ. އެމީހުން ބުނަނީ އެންމެ އިޚްލާސްތެރިކަމާއެކު ހަދިޔާދޭ ބަޔަކީ އިނގިރޭސިވިލާތުގެ މީހުން ކަމަށެވެ.

މޯނާ އަލީ އަލް ކަރީމް އާއި އޭނާގެ ހަ އަންހެން ދަރިންނަކީ ކޮންމެ ދުވަހަކު ޓިކްޓޮކްގައި ލައިވްކޮށް، ޓެންޓްގެ ބިއްދޮށުގައި އެތައް ގަޑިއިރެއް ވަންދެން އިށީނދެގެން ތިބެ، އެމީހުންނަށް އެނގޭ މަދު އިނގިރޭސި ބަސްތައް ތަކުރާރުކޮށް، ކިޔަމުންދާ ބައެކލެވެ. 

"ޕްލީޒް ލައިކް، ޕްލީޒް ޝެއާ، ޕްލީޒް ގިފްޓް" މިހެން ކަިޔާލަކިޔާލާ އެތައް ގަޑިއިރަކު ތިބެއެވެ.

މޯނާގެ ފިރިމީހާ މަރާލާފައިވަނީ ވައިގެ ހަމަލާއެއްގައި ކަމަށާއި އޭނާ ލައިވްސްޓްރީމްތައް ބޭނުން ކުރަނީ ލޯއަނދިރި ވެފައިވާ އޭނާގެ އަންހެން ދަރިފުޅު ޝަރީފާއަށް އޮޕަރޭޝަނެއް ކުރުމަށް ފައިސާ އެއްކުރުމަށް ކަމަށް މޯނާ ވަނީ ބުނެފައެވެ.

އެމީހުން ހޯދަން އުޅޭ ހަދިޔާތަކަކީ ވާޗުއަލް ހަދިޔާތަކެކެވެ. އެކަމަކު ބަލާ މީހުންނަށް، އެ ހަދިޔާތަކަށް ހަގީގީ ފައިސާ ހަރަދުކޮށް، ނަގުދު ފައިސާގެ ގޮތުގައި އެޕް އިން ފައިސާ ނެގޭނެ އެވެ. ލައިވްސްޓްރީމް ބަލާ ފަރާތްތަކުން ތަފާތި ހަދިޔާތައް ފޮނުވައެވެ. ޑިޖިޓަލް ފިނިފެންމަލާއި،  ބައެއް ސެންޓްގެ އަގުހުރި ހަދިޔާތަކުގެ އިތުރުން  ގާތްގަނޑަކަށް 500 ޑޮލަރުގެ އަގުހުރި ވާޗުއަލް ލަޔަންސް ވެސް ފޮނުވައެވެ.

ފަސް މަސް ދުވަސް ވަންދެން ބީބީސީއިން ސީރިއާގެ ކޭމްޕްތަކުން ލައިވްކޮށް ބްރޯޑްކާސްޓްކުރާ ޓިކްޓޮކްގެ 30 އެކައުންޓެއް ވަނީ ފޮލޯ ކޮށްފައެވެ. ބީބީސީން ބުނީ އެބެލި ބެލުމުން ދައްކުވައިދެނީ ބަލާ މީހުން އާންމުކޮށް ކޮންމެ އެކައުންޓަކަށް ގަޑިއަކު 1،000 ޑޮލަރާ ހަމައަށް އަގުހުރި ޑިޖިޓަލް ހަދިޔާ ފޮނުވާ ކަމަށެވެ.

އެހެންނަމަވެސް އެ ކޭމްޕްތަކުގައި ތިބި އާއިލާތަކުން ބުނީ އެ މީހުންނަށް ލިބެނީ މި ފައިސާގެ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ.

ޓިކްޓޮކް އިން ހަދިޔާތަކުން ނަގަނީ ކިހާ ވަރެއްކަން ބުނަން ވަނީ ދެކޮޅު ހަދާފައެވެ. އެހެންނަމަވެސް ބީބީސީން ހިންގާފައިވާ ތަހުގީގުތަކުން ދައްކާ ގޮތުގައި ސީރިޔާ މީހުން ސަލާންޖަހައިގެން ލިބޭ ފައިސާގެ 70 އިންސައްތަ ނަގަނީ ޓިކްޓޮކުންނެވެ. 

13%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް