ads
ފުވައްމުލަކު އިސްރަށްވެހިންގެ އަރިހަށް މެޑަމް ފަޒްނާ
ފުވައްމުލަކު އިސްރަށްވެހިންގެ އަރިހަށް މެޑަމް ފަޒްނާ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ފުވައްމުލައް ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ސިޓީގައި ދިރިއުޅޭ އުމުރުން އެންމެ ދުވަސްވީ އިސްރަށްވެހިންގެ ގޭގެއަށް ޒިޔާރަތްކުރައްވައި، އެބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގެ އެންމެ ދުވަސްވީ 10 އިސްރަށްވެހިންގެ ގޭގެއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިއަދު ހެނދުނު ޒިޔާރަތް ކުރެއްވީ އުމުރުން އެންމެ ދޮށީ ދެ އިސްރަށްވެހިންގެ ގެއަށެވެ.

މިއަދު ހެނދުނު އެކަމަނާ މި ދެގެއަށް ކުރެއްވި ޒިޔާރަތުގައި ވަނީ އެ ދެ އިސްރަށްވެހިންނާ ގުޅުންހުރި ކަންކަން ކުރިޔަށްދާގޮތް އޮޅުންފިލުއްވާފައެވެ. އަދި، އެކަމަނާ ވަނީ އެ ބޭފުޅުންގެ ހާލު ބައްލަވައި، އެބޭފުޅުންނާއެކީ ވަގުތު ހޭދަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުވައްމުލައް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށްޓަކައި ފުވައްމުލައް ސިޓީގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.
އެގޮތުން އިއްޔެ ހެނދުނު އެކަމަނާ ވަނީ ފުވައްމުލައް ސިޓީގައި ބޭއްވި އިސްރަށްވެހިންގެ ހަފްލާ ޝަރަފުވެރިކޮށްދެއްވާފައެވެ. އަދި، އިސްރަށްވެހިންވެސް ހިމެނިގެން އެކުލަވާލައިގެން އިއްޔެ ހަވީރު ބޭއްވި ގްރައުންޑް ގޮލްފް މުބާރާތުގެ ނިމުން ފާހަގަކުރެއްވުމުގައިވެސް އެކަމަނާ ބައިވެރިވެވަޑައިގެންފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް