ads
ސުޕަ ވިޝަން އޮޕްޓިކަލްގެ ކޭމްޕް ފެށޭނީ މާދަމާ
ސުޕަ ވިޝަން އޮޕްޓިކަލްގެ ލޮލުގެ ކޭމްޕެއް ހދ. އަތޮޅުގައި
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ސުޕަ ވިޝަން އޮޕްޓިކަލް ގުޅިގެން ހދ. އަތޮޅުގައި ލޮލުގެ ހާއްސަ ކޭމްޕެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި އޮކްޓޫބަރު މަހުގެ 16 އިން 18 އަށް ކުރިޔަށް ގެންދާ މި ކޭމްޕުގައި ނަން ނޯޓު ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފައެވެ. މި ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ހިލޭ އެވެ. 

ސުޕަރ ވިޝަން އޮޕްޓިކަލުން މަޢްލޫމާތުދޭ ގޮތުގައި މި ކޭމްޕުގައި، ލޮލުގެ ޕްރެޝަރ ބެލުމާއި، ޑައިބެޓިކް އައި ސުކްރީނިންގ އާއި، ކަލަރ ޑެފިއެންސީ ބެލުމުގެ އިތުރުން ލޮލުގައިވާ ތަފާތު މައްސަލަތައް ބަލައި ފަރުވާ ދިނުމާ ނަންބަރު ނަގައި އައިނު ހައްދާ ދިނުންވެސް ކުރިޔަށް ގެންދެވޭނެއެވެ.

ތަފާތު ބުރޭންޑުތަކުގެ މޮޅު އަދި ރީތި ދުނިގަނޑުތައް މި ކޭމްޕުގެ ތެރެއިން ލިބެން ހުންނާނެ ކަމުގައިވެސް މަޢްލޫމާތު ލިބިފައިވެއެވެ. އަދި މިކޭމްޕުގެ ތެރެއިން އައިނު ހަދާ ސްކޫލް ދަރިވަރުންނަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭގޮތަށްވަނީ ހަމަޖެހިފައެވެ.

ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން ހެނދުނު 9 އިން ހަވީރު 6 އަށް ކުޅިދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ނަންބަރު 6528864 އަށް ގުޅައި ނަން ނޯޓު ކުރުމަށްވަނީ ހުޅުވިފައެވެ. އަދި 7999602 އަށް ފުރިހަމަ ނަން، އައިޑީކާޑު ނަންބަރު، އެޑްރެސް، ރަށް އަދި ގުޅޭނެ ނަންބަރު ޖައްސަވާފަ މެސެޖުކޮށްގެންވެސް އެޕޮއިންޓްމަންޓް ހަމަޖެހޭނެ ކަމުގައި މަޢްލޫމާތު ލިބިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް