ads
އެފް-10 ޖެޓްތަކެއް ނޭޓޯގެ ފަރިތަކުރުންތަކެއްގައި
ނޭޓޯއިން ރަޝިޔާއާ ކުރިުމަތިލައިފިނަމަ ދުނިޔެއަށް ބޮޑުކާރިސާއެއް އަންނާނެ: ޕުޓިން
ނޭޓޯއިން ރަޝިޔާއާ ސީދާ ކުރިމަތިލައިފިނަމަ ދުނިޔެއަށް ނުރައްކާތެރި ކާރިސާއެއް ކުރިމަތިވާނެ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއަ ޕުޓިން ވިދާޅުވެއްޖެއެވެ.

ކަޒަކިސްތާނުގެ އާސްތާނާގައި ކުރިއަށްދާ ސެންޓްރަލް-ރަޝިއާ ސަމިޓަށް ފަހު ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ހުކުރު ދުވަހު އިންޒާރުކުރެއްވީ ނޭޓޯ ސިފައިން ރަޝިއާގެ އަސްކަރިއްޔާއާ ސީދާ ކުރިމަތިލުމަކަށްދާން ނިންމާ ނިންމުން ވެގެންދާނީ މޮޔަ ނިންމުމެއް ކަމަށާއި، އެކަމުގެ ސަބަބުން މުޅި ދުނިޔެއަށް ނުރައްކާތެރި ކާރިސާއެއް ކުރިމަތިވެދާނެ ކަމަށެވެ.

ރަޝިޔާއާ އެކު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ޔޫކްރެއިން ބަލިވާން ކައިރިވެއްޖެ ނަމަ ނޭޓޯއިން ޔޫކްރެއިންއަށް ސިފައިން ފޮނުވާނެތޯ ނޫސްވެރިން ސުވާލު ކުރުމުން ޕުޓިން ވިދާޅުވީ އެފަދަ ނިންމުމެއް ވެގެންދާނީ ވަރަށް ނުރައްކާތެރި ނިންމުމެއް ކަމަށެވެ.

އަދި މިފަދަ ފިޔަވަޅެއް އެޅުމުން ދުރުހެލިވެ ތިބުމަށް، ބޭނުންވާ އިންޓެލިޖެންސް އެވާހަކަ ދައްކާ ގައުމުތަކުގައި ހުންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޕުޓިން ވިދާޅުވިއެވެ.

މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތައް ފެށުނީއްސުރެ ހުޅަނގުން ވަނީ އެތައް ބިލިއަން ޑޮލަރެއްގެ މާލީ އަދި އަސްކަރީ އެހީތެރިކަން ޔޫކްރެއިންއަށް ފޯރުކޮށްދީފަ އެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ބްލޮކަކީ ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ބައިވެރިވާ ޖަމާއަތެއް ނޫން ކަމަށެވެ. އެހެންނަމަވެސް ރަޝިޔާ ކާމިޔާބު ވެއްޖެނަމަ އެކާމިޔާބީއަކީ މުޅި ހުޅަނގުގެ އިއްތިހާދަށް ލިބޭނެ ނާކާމިޔާބީ އެއްގެ ގޮތުގައި ބެލެވޭނެ ކަމަށް މި ހަފުތާގައި އިއުތިރާފުވެ ވަޑައިގެން، ނޭޓޯއިން ކިއޭވްއަށް މިފަދަ ހާލަތަކުން ސަލާމަތްވުމަށް ހީވެސް ނުކުރާވަރުގެ އެއްބާރުލުމެއް ދެމުން އަންނަ ކަން އޭނާ ގަބޫލުކުރެއްވި އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް