ޕީޕީއެމުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި، ހަނިމާދޫގައި މަޑު ކުރެއްވި ވަގުތު އެރަށުގެ ޕީޕީއެމް އިސް ބޭފުޅުންނާ ބައްދަލު ކުރެއްވި ކަމަށެވެ. އެހެންނަމަވެސް ބައްދަލުވުމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ. ރައީސް ޔާމީން ހއ. އަށް މި ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ 5 ރަށަކަށް ވަޑައިގަންނަވާނެއެވެ.
ހަނިމާދޫގައި ރައީސް ޔާމީން މިއަދު މަޑު ކޮށްލެއްވިއިރު، އެ މަނިކުފާނުގެ ވެރިކަމުގައި ހަނިމާދޫގެ ނަރުދަމާ ނިޒާމުވަނީ ފަށްޓަވައިދެއްވާފައެވެ. އެއީ 2018 ވަނަ އަހަރުގެ މެދު ތެރޭއެވެ.
ކެމްޕެއިން ދަތުރުފުޅެއްގައި ރައީސް ޔާމީން ހަނިމާދޫ މަގުން ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ފަށްޓަވާފައިވާއިރު، މިދިޔަ މަހުވަނީ ކުޑަ ހުވަދޫއަށްވެސް ކެމްޕެއިން ދަތުރުފުޅެއް ކުރައްވާފައެވެ.