
މުޒާހަރާކުރާ މީހުން ގޮވާލަމުންދަނީ އެ ގައުމުގެ ޒަމާންވީ އިގްތިސާދީ ހީނަރުކަމަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.
އެނާހްދާ ޕާޓީ އާއި ފްރީ ކޮންސްޓިޓިއުޝަނަލް ޕާޓީގެ ސަޕޯޓަރުން ހޮނިހިރު ދުވަހު ވެރިރަށް ތޫނިސްގެ ސަރަހައްދުތަކުގައި އެއްވުންތަކެއް ބާއްވައި، ސައީދުގެ އިގްތިސާދީ ނާގާބިލްކަމާއި، ޑިމޮކްރަސީއާ ދެކޮޅު ބަޣާވާތެއް ހިންގާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ސިޓީ ސެންޓަރުގައި މުޒާހަރާކުރި މީހުން ވަނީ "ޑައުން، ޑައުން"، "ޑިކްޓޭޓަރު ކައިސްއާ ދެކޮޅަށް އިންގިލާބެއް" އަދި "ބަޣާވާތް ވެއްޓޭނެ" ފަދަ އިބާރާތްތައް ބޭނުން ކޮށްފައެވެ.
މުޒާހަރާގެ ބައިވެރިއެއް ކަމަށްވާ ހިންދާ ބިން އަލީ ބުނެފައިވަނީ ސައިދަކީ ފެއިލްވެފައިވާ ޑިކްޓޭޓަރެއް ކަމަށާއި، އެތައް އަހަރަކަށް އޭނާ ގައުމު ފަހަތަށް ޖައްސައިފި ކަމަށާއި، މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށެވެ.
ޓިއުނީޝިއާގެ ކުރީގެ ބޮޑުވަޒީރު އަދި އެނަހްދާގެ އިސް އޮފިޝަލެއް ކަމަށްވާ އަލީ ލަރައްޔިދު ވިދާޅުވީ މި މުޒާހަރާއަކީ ކައިސް ސައީދުގެ ވެރިކަމުގައި އޮތް ހާލަތާ މެދު ރުޅިވެރިކަން ފާޅުކުރާ މުޒާހަރާއެއް ކަމަށެވެ.