ads
ޓައިވާނު ބޯޓެއްގައި އެގައުމުގެ ދިދަ ނަގަނީ
ޓައިވާނަށް ބާރު ހިންގުމުގެ ހައްގު އެބައޮތް: ޗައިނާ
ޓައިވާނުގެ މައްޗަށް ބާރު ހިންގުމުގެ ހައްގު ޗައިނާއަށް އެބަ އޮތް ކަމަށާއި، އެހެންނަމަވެސް ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމަށް އެގައުމުން ބާރު އަޅާނެ ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ތަރުޖަމާނު ވިދާޅުވީ އެދެގައުމު ގުޅުމަކީ ދެގައުމުގެ މީހުންވެސް ބޭނުންވާ ގޮތް ކަމަށެވެ. 

ތަރުޖަމާނު ވިދާޅުވީ ސުލްހަވެރިކަމާއެކު ޓައިވާން އެގައުމުގެ ބާރުގެ ދަށަށް ގެނައުމަށް ބެއިޖިންއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އެހެންނަމަވެސް، ޓައިވާނާއި އެގައުމަށް އަސްކަރީ އަދި ޑިޕްލޮމެޓިކް އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާއިން ޓައިވާނުގެ މިނިވަންކަމަށް ހިންގާ ހަރަކާތްތައް ބަލައި ނުގަންނާނެ ކަމަށެވެ.  

ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ އެގައުމަކީ، ޗައިނާގެ އަމިއްލަ ސަރަހައްދުގެ ބައެއް ކަމަށް ބުނެ ޗައިނާއިން ހަމަލާއެއް ދީފާނެ ކަމުގެ ބިރު ޓައިވާނަށް އޮންނަތާ ޒަމާންތަކެއް ވެއްޖެއެވެ.

ޓައިވާނުގެ ރައީސްކަމަށް ސައި އިންގް-ވެން 2016 ވަނަ އަހަރު ފުރަތަމަ ފަހަރަށް އިންތިހާބު ވެވަޑައިގަތުމަށް ފަހު ޗައިނާއިން އިން ވަނީ ޓައިވާނުގެ މައްޗަށް ބާރު ފޯރުވުން އިތުރު ކޮށްފައެވެ. އަދި ޓައިވާނުގެ ރައީސަކީ ވަކިވެގަތުމަށް މަސައްކަތް ކުރާ މީހެއް ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި ޑިޕްލޮމެޓިކް ގޮތުން ޓައިވާން އެކަހެރިކުރަން މަސައްކަތް ކުރަމުން އަންނަ އިރު، ބާރުގެ ބޭނުން ކުރުމަކީ އެ ގައުމު ޗައިނާގެ ބާރުގެ ދަށަށް ގެނައުމަށް އޮތް ގޮތެއް ކަމަށް ތަކުރާރުކޮށް ބުނެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް