މީގެ ކުޑައިރުކޮޅެއް ކުރިން ތުރާކުނަށް ރައީސް ޔާމީން ވަޑައިގެންނެވުމުން އެރަށުންވެސް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މިވަގުތު ރައީސް ޔާމީން ދަނީ އެރަށުގައި އޮތް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. ތުރާކުނަށްފަހު މިއަދު އެއަތޮޅު ކެލާއަށް ވެސް ރައީސް ޔާމީން ވަޑައިގަންނަވާނެ އެވެ. ކެލާގައި ރައީސް ޔާމީން ބައިވެރިވާ ހާއްސަ ޖަލްސާއެއް މިރޭ އޮންނާނެ އެވެ.
މި ދަތުރުފުޅުގައި އެންމެ ފުރަތަމަ އިއްޔެ ވަޑައިގަތީ އެ އަތޮޅު އިހަވަންދޫ އަށެވެ. އިހަވަންދޫއަށް އިއްޔެ ޔާމީން ވަޑައިގެންނެވުމުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައެވެ. އަދި އެރަށުގައި ރޭ ރައީސް ޔާމީން ބައިވެރިވެވަޑައިގެން ހާއްސަ ޖަލްސާއެއް އޮތެވެ.