ads
އާލިއާ
އާލިއާ ކައިވެނިކުރީ ބަނޑުބޮޑުވެގެންކަން ފަޅާ އަރައި ފާޑުކިޔަނީ
މަޝްހޫރު އެކްޓްރެެސް އާލިއަ ބަޓް އާއި އެކްޓަރު ރަންވީރު ކަޕޫރު ކައިވެނިކުރީ ކުއްލިއަކަށް މިދިޔަ އެޕްރީލް މަސްތެރެއެވެ. ބަނޑުބޮޑުކަން އޭނާ ހާމަކުރީ އޭގެ ދެ މަސް ފަހުން ޖޫން މަސްތެރެއެވެ.

ކައިވެނީގެ ކުރިން ލިވިން ރިލޭޝަންޝިޕެއްގައި އުޅުމަށްފަހު އެދެމީހުން ކުއްލިއަކަށް އާއިލާއާއިއެކު ބޭއްވި ކުޑަ ހަފްލާއެއްްގެ ތެރޭ ކައިވެނިކޮށް އެކަން ހާމަކުރުމާއިއެކު ގިނަ ބަޔަކަށް ޝޮކެއް ލިބުނެއެވެ. އަދި ކައިވެނިކުރިތާ ދެމަސްތެރޭ ދަރިއަކު ލިބެން އުޅޭކަން ހާމަކުރުމާއިއެކު ގިނަ ބަޔަކު ތުހުމަތުކުރަން ފެށީ ކައިވެނިކުރީ ބަނޑުބޮޑުވުމުން ކަމަށެވެ.

އެކަމާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ދަރިފުޅަށް ވަގުތުދޭން ކަމަށް ބުނެ ރަންބީރު މި އޮކްޓޫބަރު ނިމުމުގެ ކުރިން މަސައްކަތުން ބްރޭކް ނަގަން އުޅޭކަން ހާމަކުރުމާއިއެކު މިވާހަކަތައް ވަކިން ބޮޑަށް މިހާރު ވަނީ ގަދަވެފައެވެ.

އެކަމާއި ގުޅިގެން އާލިއާއަށް ފާޑުކިޔުންތައް އަމާޒުވަމުންދާތީ، އެގައުމުގެ މީޑިއާއަކަށް މިފަހުން އާލިއާގެ ދައްތަ ޝަހީން ބަޓް ދިން އިންޓަވިއުއެއްގައި އެކަމާއި ގުޅޭގޮތުން ވަނީ ސުވާލުކޮށްފައެވެ. ނަމަވެސް އޭނާ އެކަމަށް ޖަވާބުދޭން ވަނީ އިންކާރުކޮށްފައެވެ.

ޝަހީން ބުނީ، އެއީ އާލިއާގެ ދިރިއުޅުން ކަމަށާއި، އޭނާގެ ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރާނީވެެސް އަދި އެކަމާއި ގުޅޭގޮތުން ވާހަކަދައްކާނީވެސް އާލިއާ އަމިއްލައަށް ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން އާލިއާގެ ފަރާތުން އޭނާ ވާހަކަ ނުދައްކާނެ ކަމަށް ޝަހީން ބުންޏެވެ. 

ޝަހީން ބުނީ ހުރިހާ މީހުން އުފާކޮށްދީގެން އެކަކަށްވެސް ނޫޅެވޭނެ ކަމަށާއި، އާންމުންގެ ލޯތައް އަބަދުވެސް އަމާޒުވާ ބައެއްގެ ހައިސިއްޔަތުން ސަމާލުކަން ދޭންވީ ކަންކަމާއި އަޅާނުލާ ދޫކޮށްލަންވީ ކަންކަން އެ އާއިލާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. 

އާލިއާ ވިހާނެ ދުވަހެއް އަދި ހާމަކޮށްފަ އެއް ނުވެ އެވެ. އެކަމަކު ހަބަރުތައް ބުނާގޮތުން އޮކްޓޫބަރު މެދެއްހާ ހިސާބު ރަންބީރު ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގާނެ އެވެ. އޭނާ ބްރޭކް ނަގަނީ ދަރިފުޅަށް ވަގުތު ހުސްކުރުމަށް ކަމަށް ވެއެވެ. 

ބަނޑުބޮޑު ނަމަވެސް އާލިއާ ވެސް ދަނީ ފިލްމީ މަސައްކަތްތަކުގައި ހުއްޓުމެއްނެތި ހަރަކާތްތެރިވަމުން ނެވެ. އާލިއާ ބުނިގޮތުން، ވިހެއުމަށްފަހު ވެސް ވީހާވެސް އަވަހަކަށް އާލިއާގެ ފިލްމީ މަސައްކަތްތައް ފެށުމަށް ރަންބީރު ބޭނުންވެއެވެ. 

އެދުވަސްތަކުގައި ރަންބީރު ބްރޭކެއް ނަގައި ދަރިފުޅުގެ ގާތުގައި ހުންނާނެ ކަމަށާއި، އާލިއާ ބްރޭކް ނަގަން ބޭނުންވުމުން ރަންބީރު އަލުން މަސައްކަތައް އެބުރި ދާނީ ކަމަށް އޭނާ ބުނެފައިވާ ކަމަށް އާލިއާ މީގެކުރިން ބުނެފައިވެއެވެ. 

ކައިވެނިކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ އާލިއާ ބަނޑުބޮޑުވެފައިވާތީ ދަރިފުޅަށްފަހު އާލިއާގެ ފިލްމީ ކެރިއަރު ނިމުމަކަށް އަންނާނެ ކަމަށް ބުނެ ގިނަ ބަޔަކު ވާހަކަދެއްކި ނަމަވެސް އާލިއާ ބުނީ ދަރިއަކު ލިބުމުން އަންހެނަކު ވަކި އޭނާގެ މަސައްކަތާއި ދުރުވެ ގޭގައި އިންނަންޖެހޭ ސަބަބެއްް ނެތް ކަމަށެވެ. 

އަދި އެކަން ރަންބީރުވެސް ގަބޫލުކުރާ ކަމަށާއި، ދަރިއަކު ހޯދުމަކީ އަބަދުވެސް އެދެމަފިރިން ވަރަށް ބޭނުންވި ކަމެއް ކަމަށް އާލިއާ ބުންޏެވެ. އަދި ވަކިން ހާއްސަކޮށް ރަންބީރު ދަރިއަކު ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އާލިއާ ބުނެފައިވެއެވެ. 

އުމުރުން 29 އަހަރުގެ އާލިއާ އާއި އުމުރުން 40 އަހަރުގެ ރަންބީރު ކައިވެނިކުރީ ލިވިން ރިލޭޝަންޝިޕެއްގައި އުޅޭތާ ފަސް އަހަރު ފަހުން ނެވެ. އާލިއާ ފިލުމަކަށްފަހު ފިލުމެއްގައި މަސައްކަތްކުރަމުން އަންނައިރު، އޭނާގެ ފިލްމީ ކެރިއަރުގައި މިއީ ކާމިޔާބު އަހަރެކެވެ.

21%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް