ads
ވަޒީރު އާދަމް ނަސީރު ފޮޓޯ: ސަން އޮންލައިން
ފާޑުކިޔުން އަމާޒުވުމުން 30،000 ރުފިޔާގެ މަގާމުގެ އިއުލާން ބާތިލު!
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓްރީން 30،000 ރުފިޔާގެ މުސާރައާއި އިނާޔަތް ލިބޭ، މަގާމަކަށް ޑީ ފާސް އޮތް މީހަކު ހޯދަން ކުރި އިއުލާން ބާތިލުކޮށްފިއެވެ.
Advertisement

މިނިސްޓްރީން އިއުލާންކޮށްފައި ވަނީ ރިސާޗުކުރާނެ މީހަކު ހޯދާށެވެ. އެއީ ދިވެހިވަންތަކަމުގެ ބަހާތަކާގުޅޭ ގޮތުން ރިސާޗުކޮށްދޭނެ މީހެކެވެ. އެ މަގާމުގެ ޝަރުތުގެ ގޮތުގައި އޮތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމެވެ. ނޫނީ "ސެކެންޑަރީ ސްކޫލް" ނުވަތަ "ހަޔާ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމެވެ.

އެ މާގަމަށް ކުރިމަތިލާ މީހަކީ ދިވެހިވަންތަކަމުގެ ބަހާތައް ދިރާސާކުރުމަށް ޝައުގުވެރިމުވާއެކު މަދުވެގެން 3 އަހަރު ދުވަހުގެ އިދާރީ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ދިވެހިބަހާއި އިނގިރޭސި ބަހުން ލިޔަން ކިޔަން އަދި ޕްރެޒެންޓޭޝަން ހުށަހަޅަން އެނގޭ ފަރާތެއް ކަމުގައިވުމާއި އުމުރުން 35 އަހަރުން ދަށުގެ މީހަކަށް ވާންޖެހޭނެކަމަށްވެސް މިނިސްޓްރީގެ އިއުލާންގައިވެ އެވެ.

މި މަގާމުގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު 25،000 ރުފިޔާއެވެ. އަދި ރިސާޗް އެލަވަންސްގެ ގޮތުގައި މަހަކު 5،000 ރުފިޔާ ވެސް ކަނޑައަޅާފައިވެ އެވެ.

މި މިނިސްޓްރީގެ މި އިއުލާނާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ގެޒެޓުކޮށްފައިވާ މި އިއުލާން މިހާރުވަނީ ބާތިލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް