ކްރިމިނަލް ކޯޓުގައި މި ދެ ޝަރީއަތްވެސް ފަށަން ތާވަލުކޮށްފައި އޮތީ މާދަމާ ހެނދުނު 9 ޖަހާއިރުއެވެ. ދެ ޝެއިހުންގެ މައްޗަށްވެސް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިއްވަރު ދިނުމުގެ ދައުވާއެވެ.
މިދިޔަ މެއި މަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝެއިހް ފަޒްލޫނާ ޝެއިހް ނިޝާން ހިމެނޭ ގޮތުން ވިއްސަކަކަށް މީހެއްގެ މައްޗަށް ދައުލަތުންވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އޭގެ ތެރޭގައި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއިލްވެސް ހިމެނެއެވެ.
ޝައިހް ފަޒްލޫނާއި އާދަމް ނިޝާނަށް ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާ ކުރާއިރު ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.